Support Us

މަޢުނަވީ ތަޞްވީރަކުން!

އިރުގެ އަމުރަށް ދޯދިތައް އައިސް އަލިކަމެއް ފަތުރައި ލިޔޭ
ފިރުމަމުން ބޮސްދީ ޒަމާނުގެ ނިއްކުރީ ފިރުމައި ލިޔޭ

މާ އުހަށް ދިޔަ ވިސްނުމާ ފިކުރާ ޚިޔާލުގެ ފުންކަމާ
އާހުގައި ފެންނާނެހެން ތަދުބީރުކޮށް ކުރަހައި ލިޔޭ

މަޢުނަވީ ތަޞްވީރަކުން ފިޠުރަތުގެ ރީތި އަދާ ތަކުން
ޝައުގު ވެެރިވާ ރަން ޒަމާނެއް ކުރިމަގަށް ދައްކައި ލިޔޭ

ނަމަވިޔަސް މިއަދަކު ނެތޭ ފެންނާކަށެއް އެ އުފާތަކެއް
ހަމަހިމޭން ހަނަފަސް ކަމެއް މުޅި ބިން ފެނަށް ޖައްސައި ލިޔޭ

ފެންނަނީ ގޮތް ހުސްވުމާ، ބިރު ވެެރިކަމުގެ ސިގުނަލްތަކޭ
ފެންނަ ފުން މާޔޫސް ކަމުން ހުރިހައި ހިތެއް ރޮއްވައި ލިޔޭ

ލޫދިފައި ވައިރޯޅި އައިސް ދިން އަސަރުގަދަވީ މެސެޖަކުން
ފޫދި ލޯ، ލޭ ކަރުނުތައް ކޯތާ ފަތަށް އޮއްސައި ލިޔޭ

އިންގިލާބީ ބަދަލަކުން މޫސުމް ބަހާރެއް އައި ޒަމާން
އިންދިރާސްކޮށް އައި ޚަރީފު ބިމަށް ނިކަން ގަދަކޮށް ލިޔޭ

ހޯދި ހުރިހައި ކާމިޔާބެއް ހިރަފުހަށް އަދު ވެއްޖެޔޭ
ދޯދިތައް ގޮސް އިރުގެ ކައިރީ ސިއްރު ސިއްރުން ބުނެ ލިޔޭ

އިރުގެ ޠަބަޢީ ބަސްމަގުން ދިން ބާރުވެރިވި ޖަވާބަކުން
ދިރުމަކުން އުންމީދު އަލިކުރި މުޅި ފަޒާ ދިއްލައި ލިޔޭ

މާ އުފާވެރި ފަތިހަކަށް އުދަވާނަމޭ ބުނެ އިއްވަމުން
މާ އުޖާލާ އަލި ވިލުނު އަލި މޫނަކާ އެކު ހީ ލިޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *