...

Support Us

ހަށިގަނޑު ރީތިކޮށްލައި ހިތް އުފާކޮށްލުމަށް ބައިސްކަލު ބުރެއް!

ދިރި ހުރިހާ ދުވަހަކު ދުޅަހެޔޮކަންމަތީ ހުރުން، ހަށިހެޔޮކޮށް ހުރުން، ހަށިގަނޑު ރީތިކޮށް ބެހެއްޓުން މިއީ އަހަރެމެން އެންމެސް ބޭނުންވާ ގޮތެވެ. ނަމަވެސް، މިކަންކަން މިމަގުން ބެހެއްޓުމަށް ކުރަންޖެހޭ ކަންތައްތައް، ގަވާއިދުން ކުރަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންބާއެވެ؟

ދުޅަހެޔޮކަންމަތީ، ހަށިހެޔޮކޮށް، ރީތިކޮށް ހުރުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. ކެއިންބުއިމުގެ އާދަތަކަށް ގެނެވޭ ކުޑަކުޑަ ބަދަލަކުން މިކަން މިކަން ހާސިލު ކުރެވިދާނެއެވެ. ހެލިފެލިވެ އުޅުން އިތުރު ކޮށްލައި، އާންމު ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ކަސްރަތު ކުރުން ހިމަނާ ލުމުންވެސް މިކަމަށް މަގުފަހި ވެއެވެ. މިންހެއު ކާނާ ކެއުމާއި، އާންމުކޮށް ކަސްރަތުކުރުން މިއީ ހަށިގަނޑު ރީތިކޮށް ހުރުމާއި، މީހާ ދުޅަހެޔޮކަންމަތީ ހަށިހެޔޮކޮށް ހުރުމުގެ އެންމެ މުހިންމު އެއް އަސާސެވެ. ދުވަހީ ކެއުމުން ލޮނާއި ހަކުރު ކުޑަކޮށް މަދުކޮށްލައި، ތަކުރާއީ އާއި މޭވާ އިތުރުކޮށް ލުމުން ކެއުމަށް އެގެނެވުނީ ފައިދާހުރި ބޮޑު ބަދަލެކެވެ. ހަމަ އެފަދައިން، ހެލިފެލިވެ އުޅުމުގެ ގޮތުން ބައިސްކަލު ދުއްވުން މިއީވެސް ފައިދާ ބޮޑު، މަޖާ ރަނގަޅު ކަސްރަތެކެވެ. ނަމަވެސް އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ހީވެފައި އޮންނަނީ ބައިސްކަލު ދުއްވުން އެއީ ހަމައެކަނި ކުޑަކުދިން ހިތް އުފާކޮށްލަން ކުރާ ކަމެއްގެ ގޮތުގައެވެ. ބައިސްކަލު ދުއްވުމުން އެލިބޭ ހިތް ހަމަޖެހުމާއި އުފާ އަދި އެކަމުން ތިމާމެންގެ ހަށިގަނޑު ރީތިކޮށް ހަށިހެޔޮކޮށް ބެހެއްޓުމަށް ކުރާ ހެއު އަސަރު، މިއީ އަހަރެމެންގެ ތެރެއިން ގިނަބަޔަކަށް ވިސްނައިލެވިފައި ނުވާ، އެކަމަށް މާ ބޮޑު ސަމާލުކަމެއްވެސް ދެވިފައިނުވާ ކަމެކެވެ.

ކަސްރަތެއްގެ ގޮތުގައި ބައިސްކަލު ދުއްވާނަމަ، ތިމާގެ ސަލާމަތަށް ޓަކައި ހެލްމެޓެއް އަޅަންވާނެއެވެ. އަދި ބައިސްކަލު ދުއްވުމަށް ފަސޭހަ، ބައިސްކަލުގެ ޗޭނުގައި އަޅައިނުގަން ކަހަލަ ހެދުމެއް ލާށެވެ. ބޭނުންކުރާ ބައިސްކަލަކީ އަތަށް ލުއި ތިމާޔަށް އެކަށީގެންވާ ސައިޒެއްގެ ބައިސްކަލަކަށް ވާންވާނެއެވެ. ފަސޭހައިން އިށީނދެލައިގެން އިނދެވޭ ވަރަށް މަޑި ތިރިކޮށްލާށެވެ. ނުވަތަ އުސްކޮށްލާށެވެ. މަޑި ނުބައި އުސްމިނެއްގައި ބަހައްޓައިގެން ދުއްވާނަމަ ކަކުލު ހުޅަށް ގެއްލުމެއް ލިބިދާނެއެވެ. ދުއްވާއިރު ވައިއެޅުން ކުޑަކުރުމަށާއި ޝޮކްގެ އަސަރު ކުޑަކުރުމަށްޓަކައި އުޅަނބުށިން ކުޑަކޮށް ލަންބާލައިފައި ބަހައްޓާށެވެ.

ފައިގެ އިނގިލިތަކުގެ ކުރި ޕެޑަލްގައި ޖައްސައި، ޕެޑެލް އަނބުރައިލަން ދަމާލެވިފައިވާ ފައި 15 ނުވަތަ 20 ޑިގްރީ އަށް ވާގޮތަށް ބަހައްޓާށެވެ. ޕެޑެލް އަނބުރަން ވާނީ ފައިގެ އިނގިލި ތަކުގެ އެހީގައެވެ. ފައިގެ ބާރު ގަދަކުރަން ނުވަތަ ދުވެލި ބާރުކުރަން ބޭނުންނަމަ ފައިގެ އިނގިލިތަކާއި ޕެޑަލް އާއެއްކޮށް ކްލިޕެއް އަޅުވާށެވެ. މީގެ ސަބަބުން ތިރިއަށް ބާރު ލާއިރު އާއި މައްޗަށް ބާރު ލާއިރުވެސް އެނބުރޭ މިންވަރު ރަނގަޅުވެ ކުޑަކަޅުވާ މަސްގަނޑާއި ފައިގެ ފަލަ މަސްގަނޑުގެ  ބޭނުން ރަނގަޅު ގޮތުގައި ކުރުމަށް މަގުފަހިވެއެވެ. މި މަސްތަކުގެ އިތުރުން ފަލަމަސްގަނޑުގެ މަތީ މަސްތަކަށް (ކޮޑްރިސެޕްސް) އިތުރު ކަސްރަތު ލިއްބައިދިނުމަށް ފަހަރަކު ފަޔަކުން އަނބުރާށެވެ. މިއީ އާއިލާގެ އެންމެން އެއްކޮށް ކޮށްލަން ފަސޭހަ، މަޖާ، ފައިދާ ހުރި ކަސްރަތެކެވެ. ތަޖުރިބާކޮށްލަމާ ހިނގާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.