Support Us

ތައި އާއި ރުހޭ (ވ): "ޒުމްބާ" އާއި "ލެސްމިލްސް"ގެ ގިނަ ޕްރޮގްރާމްތަކެއް ހިންގުމުގެ ސެޓްފިކެޓް ހޯދައިފައިވޭ -ފޮޓޯ: ހީޓް/ އެފް.ބީ

ހީޓުގެ އެންމެ މަގުބޫލް ދެ އިންސްޓްރަކްޓަރުން ކަމަށްވާ ރުހޭ އާއި ތައި ހީޓުން ވަކިވެއްޖެ

ރާއްޖޭގެ މަޝްހޫރު ފިޓްނަސް ސެންޓަރެއް ކަމަށްވާ "ހީޓް"ގައި ތިބި އެންމެ މަގުބޫލް ދެ އިންސްޓްރަކްޓަރުން ކަމަށްވާ އައިޝަތު ރުހޭލާ (ރުހޭ) އާއި އައިޝަތު ޝައިފާ ޝަކީބު (ތައި) އެތަނުން ކުއްލި ގޮތަކަށް ވަކިވެއްޖެއެވެ.

ހީޓުގައި 19 އަހަރު އުޅުމަށްފަހު ރުހޭ، އަދި ރުހޭ އަށް ބޮޑުދައިތަ ކިޔާ ތައި، 14 އަހަރަށްފަހު ހީޓުން ކުއްލިއަކަށް މި ވަކިވީ ކީއްވެގެން ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ރުހޭ: 19 އަހަރު ވަންދެން ހީޓުގައި މަސައްކަތްކުރި -ފޮޓޯ: ހީޓް/ އެފް.ބީ

"ރުހޭ އާއި ތައި ވެސް މަސް ދުވަހުގެ ނޯޓިސް ދިން. އެހެން ނަމަވެސް ހީޓުގެ މެނޭޖްމަންޓުން ނިންމީ އިތުރަށް މަޑުނުކުރިއަސް އެންމެ ރަނގަޅު ކަމަށް. އެ މީހުންގެ އެންމެފަހު ކްލާސް ނެގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ،" މި ކަމުގެ މައުލޫމާތު އެނގި ހުރި، އިތުބާރުކުރެވޭ މީހަކު "އަދިވެސް" އަށް ބުންޏެވެ.

"އަދިވެސް" އަށް ކަށަވަރުވެފައިވާ ގޮތުގައި ގްރޫޕު ފިޓްނަސްގައި ދުނިޔޭގައި މަޝްހޫރު "ޒުމްބާ" އާއި "ލެސްމިލްސް"ގެ ގިނަ ޕްރޮގްރާމްތަކެއް ހިންގުމުގެ ސެޓްފިކެޓް ހޯދައިފައިވާ ރުހޭ އާއި ތައި ހީޓުން ވަކިވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ތައި: 14 އަހަރު ވަންދެން ހީޓުގައި މަސައްކަތްކުރި -ފޮޓޯ: ހީޓް/ އިންސްޓަގްރާމް

"ޒުމްބާ" އާއި "ލެސްމިލްސް"ގެ ކްލާސްތަކަކީ ހީޓުގައި އެންމެ ގިނަ ބަޔަކު ބައިވެރިވާ ގްރޫޕު ފިޓްނަސް ކްލާސްތަކެވެ. އަދި ރުހޭ އާއި ތައި އަކީ ހީޓުގައި އެންމެ ގިނަ ކްލާސްތައް ނަގާ ދެ އިންސްޓްރަކްޓަރުންނެވެ. އެނގިފައިވާ ގޮތުގައި ރުހޭ އައީ ހަފުތާއަކު ނުވަ ކްލާސް އަދި ތައި އައީ ހަފުތާއަކު ހަ ކްލާސް ނަގައިދެމުންނެވެ. މި ކްލާސްތަކުގައި ގިނަ އަދަދެއްގެ ކްލައެންޓުން ބައިވެރިވެއެވެ.

ރުހޭ އާއި ތައި އަކީ ހީޓުން އިންތިޒާމްކުރާ އެކިއެކި ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރަމުން އައި، ގިނަ ބައެއްގެ ރުހުމާއި އިތުބާރު ލިބިފައިވާ ދެ އިންސްޓްރަކްޓަރުންނެވެ.

އަނާ އާއި އަނިލް (ވ): ގިނަ ދުވަސްތަކެއް ވަންދެން ހީޓުގައި މަސައްކަތްކުރި -ފޮޓޯ: އަނިލް/ އެފް.ބީ

ހީޓުގެ ޖިމްގައި، ވަރަށް ގިނަ ކްލައެންޓުންނާއެކު، ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ލަންކާގެ މަޝްހޫރު ޕްރޮފެޝަނަލް ފިޓްނަސް އިންސްޓްރަކްޓަރ އަނިލް ޖަގަތު ކުމާރުވެސް މީގެ ދެތިން އަހަރު ކުރިން ވަނީ ހީޓުން ވަކިވެފައެވެ. އަދި ފަހުން އަނިލް ވަނީ އޭނާ ހިއްސާވާ އަމިއްލަ ޖިމްއެއް ހުޅުވައިފައެވެ. އަނިލްއާއެކު ހީޓުގެ ގިނަ އަދަދެއްގެ ކްލަޔަންޓުން ވެސް ހީޓުން ވަކިވެ، އަނިލްގެ "ޖިމް360″އާ ގުޅުނެވެ. އަދި، ހީޓު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި އައިޝަތު އަފްރާ މުހައްމަދު (އަނާ) ވެސް ހަމަ އެ ދުވަސްވަރު ވަނީ ހީޓުން ވަކިވެފައެވެ. އަނާ ފަހުން ވަނީ ސެލޫނަކާއި ކޮސްމެޓިކްސް ފިހާރައެއް ހުޅުވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4921
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް