Support Us

ޓީބީގެ ފަރުވާ ފަސޭހައިން ލިބޭނޭ އިންތިޒާމުތައް މި އަންނަނީ ކުރަމުން: ރައީސް

ޓީބީގެ ފަރުވާ ފަސޭހައިން ލިބޭނޭ އިންތިޒާމު ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅިވެއްޖެއެވެ.

ދުނިޔޭގެ ޓީބީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި، ދުނިޔޭގެ ޓީބީ ދުވަހުގެ މިއަހަރުގެ ޝިޢާރަށް އަލިއަޅުއްވާލައްވައި، ބައިނަލްއަޤުވާމީ މުޖުތަމަޢުން ޓީބީ ނައްތާލުމަށް ކަނޑައަޅާ ޢަޒުމުގައި ދިވެހިރާއްޖެއިންވެސް ބައިވެރިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ޓީބީ ބަލި ދެނެގަތުމުގެ މިންވަރު 70 އިންސައްތައަށް އިތުރުކުރުމުގެ އަމާޒާއި، އެ ބައްޔަށް ފަރުވާ ދެވޭ މިންވަރު 85 އިންސައްތައަށް އިތުރުކުރުމުގެ އަމާޒަށް ވާޞިލުވެފައިވާ ފަސް ޤައުމުގެ ތެރެއިން އެއް ޤައުމުކަމުގައި، 1998 ވަނަ އަހަރުއްސުރެ ރާއްޖެ ހިމެނިފައިވުމުން ދައްކުވައިދެނީ، ދިވެހިރާއްޖޭގެ ޓީބީ ކޮންޓްރޯލް ޕްރޮގްރާމުގެ ކާމިޔާބުކަމާއި، ޞިއްޙީ ދާއިރާގެ ފަންނީ މަސައްކަތްތެރީން މިކަމަށް ދެއްވާ އަހަންމިއްޔަތުކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް، ޓީބީ އަވަހަށް ދެނެގަތުމުގައްޔާއި، ފަރުވާގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ސަމާލުވެވަޑައިގަންނަވާނޭކަންވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

މިއަހަރު، ލޭޓެންޓް ކޭސްތަކަށް، ޓިއުބަކުލޯކިސް ޕްރިވެންޓިވް ޓްރީޓްމަންޓް (ޓީ.ޕީ.ޓީ) ހިލޭ ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތައް ކުރައްވަމުން ގެންދަވާކަންވެސް މިއަދުގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ޓީބީ ހުއްޓުވުމާއި، ބައްޔަށް ސްކްރީންކުރުމާއި، ބަލި ޑައަގްނޯޒްކޮށް ފަރުވާދިނުން، ރާއްޖޭގެ އަސާސީ ޞިއްޙީ ފަރުވާގެ މޮޑެލްއާ އެކުލަވާލައިގެން، އެބައްޔަށް ލިބޭ ފަރުވާ ފަސޭހައިން ލިބޭނޭ އިންތިޒާމު ކުރައްވަމުން ގެންދަވާ ކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މުސްތަޤުބަލުގެ ޖީލުތަކަށް، ޓީބީ އިން ސަލާމަތްވެފައިވާ، ދުޅަހެޔޮ ރާއްޖެއެއް ބިނާކޮށްދިނުމަށް އެކުގައި މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *