މި އަހަރު ހައްޖަށް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި އެންމެނަށް މިއަހަރު ހައްޖަށް ދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރޭ މެންދަމު ވަގުތެއްގައި އެކްސްގައި ރައީސް ވިދާޅުވީ، މިއީ ޒަމާންތަކަކަށް ފަހު, އެ އަހަރެއްގައި ކިއުގައި ޙައްޖަށް ދެވޭނެ ކަމަށް ހަމަޖެހިފައިވާ އެންމެނަށް އެ އަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާ ކަމަށެވެ.

ރާއްޖެއިން ހައްޖަށް ދިއުމަށް މި އަހަރު ލިބިފައިވާ ކަމަށް ކުރިން ހާމަކޮށްފައި ވަނީ 1،000 ޖާގައެވެ. ނަމަވެސް، ހައްޖު ކިއޫ ދިގުކަމުން އިސްކަން ދޭން ނިންމައިފައި ވަނީ ފަރުޟު ހައްޖުވާ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށާއި ބަލި މީހުންނަށެވެ. އެ މީހުންނަށް އިސްކަން ދިނުމަށްފަހު ކިއޫގައި ބާކީ ތިބީ ކިތައް މީހުން ކަމެއް ހާމައެއް ނުކުރެއެވެ.
ރާއްޖެއިން ޙައްޖަށް ދާ މީހުންގެ އިންތިޒާމުތައް ރަނގަޅު ކުރުމަށް އިސްލާމީ ވުޒާރާއާއި ޙައްޖު ކޯޕަރޭޝަން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



advertisment