Support Us

ކޮލަމް ގަލަން: ސިޔާސީ ލީޑަރެއްގެ ސިފަތައް- 21

އަބުރުވެރިކަން

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ އަބުރުވެރިކަމުގެ ސިފައެވެ. އެއާ ނުލައި އެ މީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭ ހުއްޓެވެ.

ސިޔާސީ ލީޑަރަކަށް އެދެވިގެންވަނީ ތިމާގެ ގައުމަށް ދެރަވާ ގޮތަކަށް ނުވަތަ ގައުމުގެ އަގުވެއްޓޭ ފަދަ ގޮތަކަށް ކަމެއް ނުކުރުމެވެ. އަދި އެފަދަ ކަމަކަށް އެއްބަސް ވެސް ނުވުމެވެ. އެއީ ކިތަންމެ އާދައިގެ ކަމެއްކަމުގައި ވިޔަސްމެއެވެ. މަސްލަހަތޭ ބުނެ ކާފިރުންނަށް މޮޅު ލިބޭގޮތަށް ނުވަތަ ކާފިރުންގެ ގަދަރު އުފުލޭ ގޮތަކަށް ދީލައިނުލުމެވެ.

مسلمންނާއި ފާރިސްކަރައިގެ މީހުންނާ ދެމެދު ހިނގި ހަނގުރާމެއްގައި ދިމާވި ވާހަކައެއް ކިޔާލަދޭނަމެވެ. އެ ވާހަކައަކީ އެއްފަހަރަކު ފާރިސްކަރައިގެ قائد އަކަށް ހުންނެވި رستم ނަމަކަށް ކިޔުނު މީހަކު مسلمންނާއެކު صلح އާއިގެ ވާހަކައެއް ދައްކަން އެދި ހުށަހެޅިއެވެ. އެ ހިނދު مسلمންގެ ލަޝްކަރުގެ ވެރިޔަކަށް ހުންނެވީ سعد بن أبي وقاص (رضي الله عنه) އެވެ. އަދި އެ ބައްދަލުވުމަށް مسلمންގެ ފަރާތުން رِبْعِي بْنَ عامر (رضي الله عنه) ނަމަކަށް ކިޔުނު صحابي ބޭކަލަކު ގަޑުވަރަށް ވަދެވަޑައިގެން ދިޔައީ ފަތުރާލެވިފައިވާ އަގުބޮޑު ދޫލަތުގެ މަތީން ސަވާރުވެ ހުންނަވައިގެންނެވެ. އެތަން ދެކެފައި ފޯރިއަށް ތިބި މީހުން އެ ކަން މަނާކުރުމަށް އުޅެގަތެވެ. އަދި ސަވާރީން ފައިބައިގެން އައުމަށް އެންގިއެވެ. ނަމަވެސް އެ صحابي ވިދާޅުވިއެވެ. ތިމަންނަ މިއައީ ތިމަންމެން ކަލޭމެންނާ ބައްދަލު ކުރުމަށް ބޭނުން ވެގެނެއް ނޫނެވެ. ތިމަންމެން މިއައީ ތިޔަބައިމީހުން ބުނެގެން ތިޔަބައިމީހުންގެ އެދުމުގެ މަތީން ތިޔަބައި މީހުންނާ ބައްދަލުކުރާށެވެ. ވީމާ ތިމަންނަ ވަދެގެންދާނީ މިގޮތަށެވެ. ތިޔަބައިމީހުން މިގޮތް ނުރުހޭނަމަ ތިމަންނަ އެނބުރި ގޮސްފާނަމެވެ. އެ ހިނދު އެ ގޮތަށް ވަދެގެން ދިޔުމަށް އިޒުނަ ދެއްވުނެވެ. އަދި އެ ކަމާމެދު ފޯރިއަށް ތިބި މީހުން ތިބީ ރުޅީން ދަތްވިކިފައެވެ. އަދި އެ صحابي ވަދެގެން ގޮސް رستمއާއި ބައްދަލުކޮށް ވިދާޅުވިއެވެ. އޭ رستمއެވެ. ހަމަކަށަވަރުން اللهُ سُبْحَانَهُ وَتَعَالى އަހަރުމެންގެ ތެރެއަށް ނަބީއަކު ފޮނުއްވެވީ މީސްތަކުންނަށް އަޅުވެތިވުން ދޫކޮށް އެއްކައުވަންތަ الله އަށް އަޅުކަން އަދާކުރުމަށެވެ. އަދި ތަފާތު ދީންތަކުގެ އަނިޔާވެރިކަމުން إسلام دينގެ إنصافއަށް ވެއްދުމަށާއި އަދި ދުނިޔޭގެ ނުތަނަވަސްތެރިކަމުގެ ތެރެއިން آخرةގެ ތަނަވަސް ކަމަށް ވެއްދުމަށެވެ. ވީމާ، ތިބާ ބޭނުންނަމަ إسلام ވާށެވެ. ނުވަތަ ޖިޒީ  ދައްކާށެވެ. ނުވަތަ ހަގުރާމައަށް ތައްޔާރުވާށެވެ.[1]

عزة ތެރިކަމަކީ ކޮބައި ހެއްޔެވެ؟

އެއީ ދެރަކަމާއި ނިކަމެތި ކަމުން ދުރުހެލިވެފައި ވުމެވެ.

اللهُ سُبْحَانَهُ وَتَعَالى މުސްލިމުންނަށް އަމުރުކުރައްވަނީ އެ ބައިމީހުން عزةތެރި ބަޔެއްގެގޮތުގައި ތިބުމަށެވެ. އެއްވެސް مخلوق އެއް ގެދަށުވެ، ދެރަވެ، ނިކަމެތިވެ ނުތިބުމަށެވެ. ނިކަމެތިވެ ތިބޭނީ ހަމައެކަނި الله އަށްޓަކައިއެވެ.

މުސްލިމުން عزةލިބިގަތުން ވަނީ الله ގެ دين އަށް عملކުރުމުގައެވެ. މާތްﷲ ރުއްސުންލެއްވި عمر بن الخطا ب ވިދާޅުވިއެވެ. ތިމަން މެން ތިބީ ދެރަ ނިކަމެތިންގެ ގޮތުގައެވެ. ފަހެ اللهُ سُبْحَانَهُ وَتَعَالى ތިމަންމެން މަތިވެރިކުރެއްވީ އިސްލާންދީނުގެ މައްޗަށެވެ. އެހެންކަމުން އެ ދީން ފިޔަވައި އެހެން އެއްޗެކުން عزة އެދެފި ނަމަ ނިކަމެތިކަން ލިބޭ ހުއްޓެވެ.

ސިޔާސީ ލީޑަރުންގެ އަބުރުވެރިކަން ގެއްލޭ އެއް ސަބަބަކީ އެހެން އަގީދާތަކުގެ ނުވަތަ އެހެން ގައުމުތަކުގެ ދަށުވެގަތުމެވެ. އެފަދަ އަޅުވެތިކަމެއްގެ ތެރެއަށް ވެއްޓިއްޖެ ނަމަ ޖެހޭނީ ތިމާމެންގެ އަގީދާއާއި އާދަކާދަ ދޫކޮށް އެ ބައެއްގެ އާދަކާދަ ރީތިކަމަށް ދެކޭށެވެ. ނުވަތަ ބައެއްގެ ސަގާފަތް ރީތިކަމަށް ދެކޭށެވެ. އެއިރުން ޖެހޭނީ އެ މީހުން ޒިޔާރަތްކުރާ ވަގުތު އެ މީހުންގެ އާދަކާދައަށް ނަށައި ބެރުޖަހާށެވެ. އަދި ޖެހޭނީ އެ މީހުންގެ ސަގާފަތާ އެއްކޮށް ހިނގާށެވެ. އެ ހިނދުއޮންނާނީ ތިމާމެންގެ އަގީދާއާއި އާދަކާދާއާއި ސަގާފަތަކީ އެއް ވެސް އަގެއްނެތް އެއްޗެއްގެ ގޮތުގައި އެއްލައިލެވިފައެވެ. ނަމަވެސް އަސްލުގައި އެކަން އޮންނަންޖެހެނީ އެ ގޮތަކަށް ނޫނެވެ. މުސްލިމު ސިޔަސީ ލީޑަރަކު ނަމަ އިސްކަންދޭނީ އެ މީހާގެ އަގީދާއާއި އާދަކާދައާއި ސަގާފަތަށެވެ. ކޮންމެ ކަމެއް ކުރުމުގައި ވެސް އަދި ވަކީން ޚާއްސަކޮށް ބޭރުގައުމުތަކުގެ ވަފުދުންގެ ކުރިމަތީގައި ދައްކަންޖެހޭނީ ތިމާގެ އަގީދާއާއި އަދާކަދައާއި ސަގާފަތުގެ ފުރިހަމަކަމާއި މޮޅުކަމެވެ. އެހެނީ އިސްލާންދީނަކީ އޭގެ ޒާތުގައި އިއްޒަތްތެރިކަން ލިބިފައިވާ ދީނެކެވެ. އަދި އެ ދީނުގެ އަހުލުވެރީންނަކީ އިއްޒަތްތެރީންނެވެ.

މާތް الله ވަޙީކުރެއްވިއެވެ. وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَٰكِنَّ الْمُنَافِقِينَ لَا يَعْلَمُونَ [2]. މާނައީ: عزّةވަނީ، اللَّهއަށެވެ. އަދި އެކަލާނގެ رسولއާއަށާއި، مؤمنންނަށެވެ. އެހެނެއްކަމަކު منافقންނަކަށް (އެކަމެއް) ނޭނގެތެވެ.

ސިޔާސީ ލީޑަރުންގެ عزةގެ ތެރެއިން ހިމެނޭ ކަންތައްތައް

ސިޔާސީ ލީޑަރުންގެ عزةތެރިކަމުގެ ތެރެއިން ހިމެނޭ އެއް ކަމަކީ ނުވަތަ مسلمންގެ عزةތެރިކަމުގެ ތެރެއިން ހިމެނޭ އެއް ކަމަކީ مجتمع ގެ مصلحةއާއި إنسانيފަރުދުންގެ ލޯތްބާއި މަންފާ ނަގާލާ އަމިއްލަ އެދުމަށް ޓަކައި مسلم ންގެ حق ތަކަށް އުނިކަން އަންނަގޮތަށް ކަންތައްތައް ފުއްދަން އުޅޭ މީހުންގެ مقصد ތަށް كامياب ވިޔަނުދިންނުމަށް ޓަކައި މަސައްކަތް ކުރުމެވެ. مسلم ންގެ نفس ގެ ދިފާއުގައި އާއި އެބައި މީހުންގެ އަބުރުގެ ދިފާއުގައްޔާއި އެބައި މީހުންގެ މުދަލުގެ ދިފާއުގައި މަސައްކަތްކުރުމެވެ. އެގޮތުން މަސައްކަތް ކުރުމުގައި ތިމާގެ نفس قربان ވެދިޔަ ކަމުގައި ވިޔަސްމެއެވެ. މިކަމުގެ އަލިގަދަ ހެކި ކީރިތި ރަސޫލާ ﷺ ގެ حديث ފުޅުތަކުން ثابت ވެފައި ވެއެވެ.

وَعَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عنْهُ قَالَ: جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: يَا رَسُولَ اللَّهِ أَرَأَيْتَ إنْ جَاءَ رَجُلٌ يُرِيدُ أَخْذَ مَالِي؟ قَالَ: «فَلَا تُعْطِهِ مَالَكَ»، قَالَ: أَرَأَيْتَ إنْ قَاتَلَنِي؟ قَالَ: «قَاتِلْهُ»، قَاَلَ: أَرَأَيْتَ إِنْ قَتَلَنِي؟ قَالَ: «فَأَنْتَ شَهِيدٌ»، قَالَ: أَرَأَيْتَ إِنْ قَتَلْتُهُ؟ قَالَ: «هُوَ فِي النَّارِ»[3]، މާނައީ: މާތް الله ރުއްސުންލެއްވި أَبوهُريرة ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. އެއްފަހަރަކު ބޭކަލަކު رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم ގެ އަރިހަށް ވަޑައިގަތެވެ. އެއަށްފަހު ދެންނެވިއެވެ. އޭ اللهގެ ރަސޫލާއެވެ. މީހަކު އައިސް ތިމަންނަގެ މުދާ ފޭރިގަންނަން އުޅެފި ނަމަ ތިމަންނަ ކަންތައްކުރާނެ ގޮތަކީ ކޮބައި ހެއްޔެވެ؟ حديث ކުރެއްވިއެވެ. ތިބާ ތިބާގެ މުދާ އޭނާއަށް ދޫކޮށްނުލާށެވެ. އޭނާ ދެންނެވިއެވެ. އޭނާ ތިމަންނައާއި ހަނގުރާމަކޮށްގެންފި ނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ حديث ކުރެއްވިއެވެ. ތިބާ އޭނާއާއި ހަނގުރާމަ ކުރަން ފަށާށެވެ. (ދެން އޭނާ ދެންނެވިއެވެ.) އެ މީހާ ތިމަންނަ قتلކޮށްފި ނަމަ އެ މަރުގެ حكم އަކީ ކޮބައިހެއްޔެވެ؟ حديث ކުރެއްވިއެވެ. އެ ހިނދު ތިބާ ވާހުށީ شهيدއަކަށެވެ. އޭނާ ދެންނެވިއެވެ. ތިމަންނަގެ އަތުން އޭނާ قتلވެއްޖެ ނަމަ އެ މަރުގެ حكم އަކީ ކޮބައިހެއްޔެވެ؟ حديث ކުރެއްވިއެވެ. އެމީހާ ވާހުށީ ނަރަކަވެރިއަކަށެވެ.

ސިޔާސީ ލީޑަރުން އުޅެން ޖެހޭނީ އިސްވެ ދެންނެވިގޮތުގެމަތިންނެވެ. ތިމާމެންގެ حرمة ރައްކާތެރިވެފައިވާ ބައެއްގެ ގޮތުގައެވެ. އެހެންކަމުން އެއްވެސް حالއެއްގައި ނިކަމެތިކަން ހާމަވިޔަދީގެން ނުވާނެއެވެ. އަދި ރައްޔަތުންގެ حق އެއް ލިބިގަތުމުގައި އެންމެ ތަންފުކެއް ވެސް ފަހަތަށް ޖެހިގެން ނުވާނެއެވެ.

ސިޔާސީ ލީޑަރުން އެބައި މީހުންގެ އަބުރު عزةތެރިކޮށް ބެހެއްޓުމަށް ޓަކައިއާއި އަދި دين ރައްކާތެރިކުރުމަށް ޓަކައި އާއި އަދި ދައުލަތް عزةތެރިކޮށް ބެހެއްޓުމަށް ޓަކައި قرباني ދޭންޖެހެއެވެ. މަސައްކަތަކާއި ނުލައި މީސްމީހުންގެ ހައްތީމުން ކާތަކެތި ހޯދައިގެން ކައިގެން އުޅޭ ބަޔަކަށް عزة އެއް ނުވެއެވެ.

ސިޔާސީ ލީޑަރުން އުޅެންޖެހޭނީ އިސްވެ ދެންނެވިގޮތުގެ މަތިންނެވެ. ތިމާމެންގެ حرمة ރައްކާތެރިވެފައިވާ ބައެއްގެ ގޮތުގައެވެ. އެހެންކަމުން އެއްވެސް حالއެއް ގައި ނިކަމެތިކަން ހާމަވިޔަދީގެން ނުވާނެއެވެ. އަދި ރައްޔަތުން ގެ حق އެއް ލިބިގަތުމުގައި އެންމެ ތަންފުކެއްވެސް ފަހަތަށް ޖެހިގެން ނުވާނެއެވެ.

ޚުލާޞާއަކީ: ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ އަބުރުވެރިކަމުގެ ސިފައެވެ. އެއީ ދެރަކަމާއި ނިކަމެތި ކަމުން ދުރުހެލިވުފައި ވުމެވެ. ސިޔާސީ ލީޑަރުންގެ عزةތެރިކަމުގެ ތެރެއިން ހިމެނޭ އެއް ކަމަކީ مجتمعގެ مصلحةއާއި އިންސާނީފަރުދުންގެ ލޯތްބާއި މަންފާ ނަގާލައި އަމިއްލަ އެދުމަށް ޓަކައި މުސްލިމުންގެ حق ތަކަށް އުނިކަން އަންނަގޮތަށް ކަންތައްތައް ކުރަން އުޅޭ މީހުންގެ މަގުސަދުތައް ކާމިޔާބުވިޔަނުދިންނުމަށް ޓަކައި މަސައްކަތް ކުރުމެވެ. އަބަދުވެސް ހައްގު ވާހަކަ ދެއްކުމާއި ހައްގާ އެއްކޮޅަކަށް ހުރުމަކީ ހަގީގީ އިއްޒަތެވެ. ސިޔާސީ ލީޑަރުންގެ ކާމިޔާބަކީ އެއީއެވެ.

 

[1] راغب السرجاني، كتاب كن صحابيا (دار أقلام، د،ن ت ) ج11، ص8

[2] سورة المنافقون: 08.

[3] رواه مسلم، كتاب الإيمان، باب الدليل على أن من قصد أخذ مال غيره بغير حق كان القاصد مهدر الدم في حقه، (225).