Support Us

އޮފީސްތަކުގެ ޤުރްއާން މުބާރާތުގެ އެއްވަނަ ހޯދި އެމްޓީސީސީ ޓީމުގެ އަގުވަޒަންކޮށްފި

އޮފީސްތަކުގެ ޤުރްއާން މުބާރާތުގެ އެއްވަނަ ހޯދި އެމްޓީސީސީ ޓީމަށް، ކުންފުނީގެ ފަރާތުން ހިތްވަރުދީ، އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުމެއް ދީފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ގުޅިގެން އިންތިޒާމްކޮށްގެން ބޭއްވި 1446 ވަނަ އަހަރުގެ އޮފީސްތަކުގެ ޤުރްއާން މުބާރާތުގައި އެމްޓީސީސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެމްޓީސީސީގައި މިއަދު ބޭއްވި ޚާއްޞަ ހަފްލާގައި، މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދީ ވަނީ ގުރުއާން މުބާރާތުގައި ވާދަކުރި ޓީމުން ކުންފުންޏަށް ހޯދައިދިން ޝަރަފުވެރި ކާމިޔާބީއަށްޓަކައި މަރުހަބާ އާއި ޝުކުރު ވިދާޅުވެ، އެ މުވައްޒަފުންގެ ހުނަރު އިތުރަށް ކުރިއެރުވުމަށް ހިތްވަރު ދެއްވައިފައެވެ.

މި މަޤާމު އެމްޓީސީސީއަށް ހޯދައިދީފައިވަނީ އެ ކުންފުނީގެ ހަތަރު މުވައްޒަފުން ކަމުގައިވާ ސެކިއުރިޓީ އޮފިސަރ އަބްދުލް އަލީމާއި ސީނިއަރ އެކައުންޓްސް އޮފިސަރ މޫސާ އީމާން އަބްދުލް ރަހްމާނާއި ސިވިލް އިންޖިނިއަރ އިބްރާހިމް އަޒްވާރާއި އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ އަހުމަދު އަޒިޔާން އަޒްލިފްގެ އާދަޔާހިލާފު ކިޔެވުމުންނެވެ. މީގެ ތެރެއިން، އެމްޓީސީސީއަށް މި މަގާމު ހޯދައިދިނުމުގައި އަމިއްލަ ގޮތުން ވާދަކުރުމުގެ ކެޓަގަރީން ދެވަނަ ހާސިލުކުރި އަބްދުލް އަލީމާއި، ތިންވަނަ ހާސިލްކުރި މޫސާ އީމާން އަބްދުލް ރަހްމާންގެ ކިޔެވުން ޚާއްސަކޮށް ފާހަގަކުރެވެއެވެ.

"އެމްޓީސީސީން އޮފީސްތަކުގެ ޤުރުއާން މުބާރާތުގެ އެއްވަނަ ހޯދުމުގައި "ކްލަބް އެމްޓީސީސީ" އިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މިގޮތުން، މުބާރާތް ފެށުމުގެ ދެ ހަފްތާ ކުރިން ބައިވެރިންނަށް ތަމްރީނު ދިނުމަށް ޚާއްޞަ ގާރީއެއް ހަމަޖައްސައިދެއްވައި، މުބާރާތް ފެށެންދެން ކޮންމެ ރެއަކު ތަމްރީނު ސެޝަންތައް ކުރިއަށް ގެންގޮސް ދެއްވައިފައިވެއެވެ. ބައިވެރިންވެސް ވަނީ އެބޭފުޅުންގެ ތިލާވަތުގެ ފެންވަރު މަތިކޮށް ރަނގަޅުކުރުމަށް އަވަދިނެތި މަސައްކަތްތަކެއް ކޮށްފައެވެ. މި ފަޚުރުވެރި ކާމިޔާބީއަކީ ކްލަބާއި ބައިވެރިންގެ ހިތްވަރާއި މަސައްކަތުން ހާސިލުކުރެވުނު ނަތީޖާއެއްކަން އުފަލާއެކު ފާހަޤަކުރަމެވެ." އެމްޓީސީސީން ނެރުނު ބަޔާނެއްގައި ވެއެވެ. "1980 ވަނަ އަހަރު އުފެދުނީއްސުރެން އެމްޓީސީސީއަކީ މުވައްޒަފުން ބިނާކުރުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާ ކުންފުންޏެކެވެ. އެމްޓީސީސީއިން ދެކޭ ގޮތުގައި މި ކުންފުނީގެ ކާމިޔާބިގެ އެންމެ ބޮޑު ދައުރެއް ކުޅެނީ މި ކުންފުނީގެ ހީވާގި، ތަޖުރިބާކާރު މުވައްޒަފުންނެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *