Support Us

ހައްޖާއި އުމްރާއަށް ދާ ސްޓެލްކޯ މުވައްޒަފުން ހޮވައިފި

ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން މި އަހަރު ހައްޖާއި އުމްރާގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވައިފިއެވެ.

ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ގުރުއަތުން ހޮވުނު ހައްޖާއި އުމްރާގެ ނަސީބުވެރިންނަށް ލިޔުން ހަވާލުކޮށްދެއްވީ ސްޓެލްކޯގެ އެމް.ޑީ ހުސެއިން ފަހުމީ އެވެ.

ސްޓެލްކޯ އިން ބުނީ މި އަހަރު ހައްޖަށް ދާން ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި 102 މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 84 މުވައްޒަފުން ކަމަށެވެ. އަދި އުމްރާ އަށް ދާން ކުރިމަތިލި 218 މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 215 މުވައްޒަފުން ކަމަށެވެ.

ހައްޖަށް ދާން ހޮވުނު މުވައްޒަފުން

• އަހުމަދު ވަހީދު، ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް
• ހަސަން ޒަރީރު، ކ. ކާށިދޫ އިންޖީނުގެ
• އާމިނަތު ޖަލީލާ، ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

އުމްރާ އަށް ދާން ހޮވުނު މުވައްޒަފުން

• ބުންޔާމީން މުހައްމަދު ނަސީރު، ވިލިނގިލި އަވަށު އިންޖީނުގެ
• އަހުމަދު މުސްތަފާ، ވިލިނގިލި އަވަށު އިންޖީނުގެ
• ޝިފްރާ އިލްހާމް، ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓް

ސްޓެލްކޯ އިން ބުނީ 2023 ވަނަ އަހަރާ ހަމަޔަށް ހައްޖު އަދި އުމްރާގެ ފުރުސަތު އެ ކުންފުނިން ދީފައި ވަނީ ދެބަޔަށް ވެސް ކޮންމެ އަހަރަކު އަންހެން މުވައްޒަފަކަށާއި ފިރިހެން މުވައްޒަފަކަށް ކަމަށެވެ. އެހެން ނަމަވެސް، ކުންފުނީގެ އެކަމާ ގުޅުން ހުރި ޕޮލިސީއަށް ބަދަލު ގެނެސް މިދިޔަ އަހަރު ވަނީ ހައްޖުގެ އަޅުކަމަށާއި އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެން މުވައްޒަފު ހޮވުމަށް ނިންމާފައި ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

"މި ކުންފުނިން ދެމުން ގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް،" ސްޓެލްކޯ އިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *