Support Us

ކުޑަ އީދާ ދިމާކޮށް މޯލްޑިވިއަން ސީޕްލޭންގެ ދަތުރުތައް ބ. ފުޅަދުއަށް

އަންނަ ކުޑަ އީދާ ދިމާކޮށް މޯލްޑިވިއަން ސީޕްލޭންގެ ދަތުރުތައް ބ. ފުޅަދުއަށް ފަށަން ނިންމައިފިއެވެ.

ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ މި މަހު 31 ގައި ފެށުމަށް ހަމަޖެހިފައިވާ މި ދަތުރުގައި 25 މިނިޓުން ފުޅަދުއަށް ދެވުމުން، އެއް ފަޅުތެރޭގައި އޮތް ފެހެންދު އާއި ގޮއިދޫގެ ދަތުރުވެރިންނަށް ވެސް ވަރަށް ފަސޭހަވެގެން އަންނާނެ ކަމަށެވެ.

މި ދަތުރުގެ ޓިކެޓް މިއަދު ވަނީ ވިއްކަން ފަށައިފައެވެ.

މި ހިދުމަތުގެ ފަސޭހަކަން ހޯދުމަށްޓަކައި މޯލްޑިވިއަންގެ ވެބްސައިޓު maldivian.aero މެދުވެރިކޮށް ޓިކެޓް ލިބޭނެއެވެ.

މި ހިދުމަތް ހޯދުމަށް cc@iasl.aero އަށް އީމޭލު ކުރުމުން ނުވަތަ ހޮޓްލައިން ކަމަށްވާ 1671 އަށް ގުޅުމުން ވެސް ދަތުރުގެ ހުރިހާ ކަމެއް ފަސޭހަކަމާއެކު ހަމަޖެހިގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.