Support Us

އެމް.ޕީ.އެލް އަލިފާނުގެ ހާދިސާ ހުއްޓުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ދެ މުވައްޒަފުންގެ އަގުވަޒަންކޮށްފި

އެމް.ޕީ.އެލްގެ ޕޯޯޓް ރެސިޑަންސްގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާ ހުއްޓުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ދެ މުވައްޒަފުންގެ އަގުވަޒަންކޮށްފި އެވެ.

އެމް.ޕީ.އެލް އިން ބުނި ގޮތުގައި ޕޯޯޓް ރެސިޑަންސްގެ އެޕާޓްމަންޓެއްގައި މިމަހު 11 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާ ހުއްޓުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ސީނަށް ފުރަތަމަ އިޖާބަދިން، ސެކިއުރިޓީ ޑިޕާޓްމަންޓްގެ ދެ މުވައްޒަފުން ކަމަށްވާ މުޙައްމަދު އައިހަމް އާއި އަޙްމަދު އާތިފެވެ.

"މި ދެ މުވައްޒަފުންގެ ދެއްކި ހިތްވަރާއި، އަވަސް ހަރަކާތުގެ ސަބަބުން، އަލިފާންގަނޑު އިތުރަށް ފެތުރުނަނުދީ ކޮންޓުރޯލްވެ، އެ ހާދިސާގައި ބޮޑު ގެެއްލުމެއް ކުރިމަތިވުމުގެ ކުރިން އަލިފާން ނިއްވާލެވުނެވެ." އެމް.ޕީ.އެލް އިން ނެރުނު ބަޔާނެއްގައި ވެއެވެ.

"އަލިފާނުގެ ހާދިސާގައި އައިހަމް އާއި އާތިފް ދެއްކި ހިތްވަރާއި ކުރި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކުންފުނީގެ މެނޭޖްމަންޓްއިން ވަނީ މިއަދު އެ ދެ މުވައްޒަފުންނާ ބައްދަލުކޮށްފައެވެ. އަދި އެ ދެ މުވައްޒަފުން ކުރި އަގުހުރި ޚިދުމަތަށް ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ޕޯޓް ރެސިޑަންސްގައި ދިރިއުޅެމުންދާ ހުރިހާ ފަރާތެއްގެ ނަމުގައި ވަނީ ޝުކުރު އަދާކޮށްފައެވެ."

އެމް.ޕީ.އެލް އިން ބުނީ މި އަލިފާން ނިއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ޕޯޓް ހިޔާ ކޮމެޓީގެ މެމްބަރު ނަވާޒް މުޙައްމަދު ސައީދާއި އެހެން ހުރިހާ މުވައްޒަފުންގެ ކުރި މަސައްކަތުގެ އަގު ވަޒަންކޮށް، މެނޭޖްމަންޓާއި މުވައްޒަފުން އަދި ޕޯޓް ރެސިޑަންސްގައި ދިރިއުޅެމުންދާ ހުރިހާ ފަރާތެއްގެ ނަމުގައި ޝުކުރު އަދާކުރާ ކަމަށެވެ.

"މި ކުންފުނީގެ ހުރިހާ މުވައްޒަފުންނަކީވެސް މި ފަދަ ނަމޫނާ މުވައްޒަފުންނަށްވުމަށް ކުންފުނިން ހިތްވަރުދެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *