މާލޭ ސިޓީ ކައުންސިލުން ބަލަހައްޓާ ރަސްފަންނާއި ސަލްޓަންޕާކްގެ ޙާލަތު ފެނިވަޑައިގެންފައި ހިތާމަކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރަސްފަންނާއި ސަލްޓަންޕާކަކީ، މާލޭ މޭޔަރުކަމުގައި ރައީސް މުއިއްޒު ހުންނެވިއިރު ވަރަށް ހާއްސަ ސަމާލު ކަމެއް ދެއްވައިގެން ބެލެހެއްޓެވި ދެ ތަނެވެ. ނަމަވެސް މާލޭ ސިޓީ ކައުންސިލަށް އިދިކޮޅު އެމްޑީޕީގެ މޭޔަރަކު ވަޑައިގެންނެވި ފަހުން އެ ތަންތަނަށް އެކަށީގެންވާ ސަމާލު ކަމެއް ނުދެއެވެ.
ނަމަވެސް ރައީސް މުއިއްޒު އެކްސްގައި މިއަދު ވިދާޅުވީ މި ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން މާލޭގައި ދިރިއުޅޭ އެންމެނަށް އެ މަނިކުފާނު ދެއްވިއެވެ.




advertisment