Support Us

ގަވަރމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުން އާކުރައްވައިފި

ދިވެހި ސަރުކާރާއި، ޔޫ.އޭ.އީ ސަރުކާރާ ދެމެދު ވެފައިއޮތް ގަވަރމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުން މިއަދު އާކުރައްވައިފިއެވެ.

މި އެއްބަސްވުން އާކުރައްވާ ސޮއިކުރެއްވުން އޮތީ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2025 ގެ ހަވާސާގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުالله ފަޔާޟެވެ. ޔޫ.އޭ.އީގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ކެބިނެޓް އެފެއާޒް ފޮރ ކޮމްޕެޓިޓިވްނަސް އެންޑް ނޮލެޖް އެކްސްޗޭންޖް، ޢަބްދުﷲ ނަޞީރު ލޫތާއެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ ޔޫ.އޭ.އީގެ ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީ.އީ.އީ.ޕީ) ގެ ދަށުން ޔޫ.އޭ.އީގެ ތަޖުރިބާ ބަދަލުކޮށް ހިއްސާކުރުމުގެ ތެރެއިން ދިވެހި ސަރުކާރުގެ މަސައްކަތުގެ ނިޒާމާއި ތަޖުރިބާތަކުގެ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި އެއްބަސްވުމުގެ ދަށުން ގަވަރމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ހިންގޭ ޕްރޮގްރާމްތަކުގައި ދިވެހި ސަރުކާރުގެ އޮފިޝަލުން ބައިވެރިކުރުމަށް ފުރުޞަތު ފަހިކޮށްދެވޭނެއެވެ.

ދެ ޤައުމުގެ މެދުގައި ވެފައިވާ މި އެއްބަސްވުމުގެ ދަށުން ވޭތުވެދިޔަ ތިން އަހަރުވެސް ދިވެހިރާއްޖެއިން ވަނީ ޔޫ.އޭ.އީ ސަރުކާރުގެ ޖީ.އީ.އީ.ޕީގައި ބައިވެރިވެފައެވެ. މި ޕްރޮގްރާމް ފަރުމާކުރެވިފައި ވަނީ ދިވެހި ސަރުކާރުގެ މުވައްޒަފުންގެ ކުރިއެރުމަށްޓަކައި އުނގެނުމާއި އީޖާދީ މުހިންމު އެކިއެކި ކަންކަމުގެ މައްޗަށެވެ. ޖީ.އީ.އީ.ޕީގެ ދަށުން މިހާތަނަށް ހިންގުނު ހަތަރު ތަމްރީނު ޕްރޮގްރާމެއްގައި ސަރުކާރުގެ 128 މުވައްޒަފުން ތަމްރީނު ކުރެވިފައިވާއިރު މީގެ ތެރޭގައި ސިވިލް ސަރވިސް މުވައްޒަފުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *