Support Us

ސަފާރީއަކަށް ގަވާއިދާ ހިލާފަށް އަރުވައިފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކެއް އަތުލައިގެންފި

ސަފާރީއަކަށް ގަވާއިދާ ހިލާފަށް އަރުވައިފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅި އާއި ދަޅުތަކެއް ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ، އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި، 1794 ފުޅި ބަނގުރާއާއި 1680 ދަޅު ބަނގުރާ އަތުލައިގެންފައިވާ ކަމަށެވެ.

"… އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ ތަކެތި އަތުލައިގަނެފައިވަނީ ކަނޑުމަތިންނެވެ. މި އޮޕަރޭޝަނުގައި، ދިއްގަރުފަޅާއި މަހިބަދުއާ ހިސާބުން ކަނޑުމަތިން ދޯންޏަކާއި ސަފާރީއެއް ބަލައިފާސްކުރި އިރު 1794 ފުޅި ބަނގުރާއާއި 1680 ދަޅު ބަނގުރާ ފެނިފައިވެއެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

"މި ތަކެއްޗަކީ ގަވާއިދާ އެއްގޮތަށް ބޮންޑެޑް ވެއާހައުސްއިން ނެރެގެން ރިސޯޓަކަށް ގެންދަން އުޅުނު ތަކެތި ކަމާއި މި ތަކެތި ސަފާރީއަށް އަރުވާފައިވަނީ ގަވާއިދާ ހިލާފަށްކަން ތަހުގީގުން މިހާތަނަށް ބެލިބެލުމުން އެނގިފައިވެއެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *