Support Us

ޒަމީރުގެ ނޯޖަވާނިއްޔަތު

ޢަމީރަކު އޭނާގެ ސަދަގާތް ފަންޑުން ފަގީރުން ތިބެން ހިޔާވައްސެއް ބިނާކުޅައެވެ!

އެއީ އޭގެ ޒާތުން ފުރިހަމަކަމުގައި ލާމަސީލު ހިޔާވައްސެކެވެ!

 

ވާރޭ ވެހޭ ނަމަ އެ ހިޔާގެ މީހުން ތިބެނީ އަނގަ މައްޗަށް ނަގައިގެންނެވެ!

ހޫނު ދުވަހެއް ނަމަ އެ މީހުން ތިބެނީ ބޯ މަތީ އަތް އަޅައިގެންނެވެ.

ފިނި ދުވަހެއް ނަމަ ހަށަން ބަނދެލައިގެންނެވެ!

 

އުޑަށް އަރާ ކޮންމެ ކުލަވަރެއް އެ ހިޔަލަށް ސާފެވެ!

ހުރަހެއް ނެތި ގުދުރަތުގެ ފެނާއި ހޫނާއި ފިނި ލިބިލިބި ހުރެތެވެ!

 

އެއް ރެއެއްގެ ދަންވަރެވެ!

ފަގީރުންގެ ވެރިޔާ ޒަމީރު ހޭލިއެވެ!

އޭރު ތަރިތަކެއްގެ އާލަމެއްގައި ހަނދު ރަނިކަން ކުރަނީއެވެ!

ޒަމީރުގެ ނޯޖަވާނިއްޔަތު ވުޖޫދަށް ނުކުތެވެ!

ކާއިނާތަށް ވެރިވެފައިވާ ހަނދުވަރާ އޭނާ ސުވާލު ކުރިއެވެ!

 

މި ހިޔާވަހި ބިނާކުޅަ އަމީރު ކޮބައި ހެއްޔެވެ؟

މި ތާނގެ ކޮއްތާއި ފެނާއި ދަރަކީ މި ތާނގެ އަހުލުން ހެއްޔެވެ؟

ޒަމީރުގެ ނޯޖަވާނިއްޔަތު ކުޅަ މާނަވީ ސުވާލުތަކަށް ހަނދުވަރު ޖަވާބު ދިނެވެ!

 

އެ އަމީރުގެ ޖަނާޒާ އިއްޔެ ނިމިއްޖެއެވެ!

ތިޔަ ހިޔާވައްސެއް ބިނާކުޅައީ ކާކުކަމެއް ދަންނަ އެހެން މީހަކު ނެތެވެ!

އަމީރުގެ ފަތްފުށްތަކުގައި ތިޔަ ތަނަށް ވާންވީ ގޮތެއް ވެސް ލިޔެފައެއް ނެތެވެ!

އަމުދުން ތިޔަ ތަނުގެ ނަމެއް ވެސް ނެެތެވެ!

 

ޒަމީރުގެ ނޯޖަވާނިއްޔަތު އިސްދަށަށް ޖެއްސެވެ!

ޒަމީރު އޯގާވެރި ނަޒަރަކުން ބަލައިލިއެވެ!

މާޔޫސްވެ ހަދާނެ ގޮތް ހުސްވެފައިވާ އެތައް ހާސް ފަގީރުން އަދިވެސް އެ ތިބީ ބަނޑަށެވެ!

ޒަމީރަށް ލެވުނީ މާނޭވާއެކެވެ!

އޭނާގެ ހުވާސް ވެސް ހުސްވީއެވެ!

 

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *