Support Us

ރައީސް ޖިމީ ކާޓާ، އުމުރުން 100 އަހަރުގައި އަވަހާރަވެއްޖެ

އެމެރިކާގެ 39 ވަނަ ރައީސް ޖިމީ ކާޓާ، އުމުރުން 100 އަހަރުގައި އަވަހާރަވެއްޖެ ކަމަށް އެމަނިކުފާނުގެ އޮފީހުން އާދީއްތަ ދުވަހު ކަށަވަރުކޮށްދީފި އެވެ.

ކެންސަރުގެ އާލާސްކަންފުޅެއްގައި 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކާޓާ ފަރުވާ ހޯއްދަވަމުން ވަޑައިގަތީ ޖޯޖިއާގެ ޕްލޭންސްގައި ހުންނަ ކާޓާގެ ގޭގައި އޮންނަވައިގެންނެވެ.

ކާޓާ އަނބިކަނބަލުން ރޮޒެލިން ކާޓާ، އުމުރުން 96 އަހަރުގައި އަވަހާރަވީ ނޮވެމްބަރު 19، 2023 ގަ އެވެ.

ކާޓަރ އަކީ 100 ވަނަ އުފަންދުވަސް ފާހަގަކުރެއްވި އެމެރިކާގެ ފުރަތަމަ ރައީސެވެ.

ޖޯޖިއާއަށް އުފަން އަދި ޑިމޮކްރެޓެއް ކަމަށްވާ ކާޓާ، އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތީ 1976 ވަނަ އަހަރު ވޯޓާގޭޓް މައްސަލައަށް ފަހު ރިޕަބްލިކަން ޕާޓީގެ ޖެރަލްޑް ފޯޑް ބަލިކުރައްވައިފައެވެ. އަދި 1980 ވަނަ އަހަރު ރޮނާލްޑް ރޭގަންއާ ވާދަ ކުރައްވައި ނާކާމިޔާބުވެ ވަޑައިގަތުމުގެ ކުރިން ކާޓަރ އެއް ދައުރު ފުރިހަމަ ކުރެއްވިއެވެ. ކާޓާ ދެ ވަނަ ދައުރަކަށް އިންތިހާބުނުވީ އީރާނު ރަހީނުންގެ މައްސަލަ ހައްލުކުރަން ނުކުޅެދުމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ކުރެއްވި މަސައްކަތްތަކުގެ ސަބަބުން ކާޓަރަށް ވަނީ 2002 ވަނަ އަހަރު ސުލްހައިގެ ނޮބެލް އިނާމު ލިބިވަޑައިގެންފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *