Support Us

އަދި ލުޔެއް ހިތަކަށް ނުވޭ

ގޭންގު ހިންގާ މީހުނަށް އޮތް ފުރުސަތެއް ހަންޏެއް ނުވޭ
ގޭންގެޔަށް ވަދެ ލޫޓުވުން އަދި ހުއްޓުވޭނެ ގޮތެއްނުވޭ

މޫނަކަށް ކަނދުރާއަކަށް ނުބަލައި ދަމުން ދާ މަގުމަތީން
ފޯނަކަސް ފައިސާއަކަސް އަތުލުން އެއީ ބިރަކަށް ނުވޭ

ތަން ފުރައި މީހުން އޮތަސް، އަދި މިސްކިތެއްގައި ހުއްޓަކަސް
ކަންފަތާ ނޭފަތް ހަފައި ކާކަށް ބިރެއް ސިހުމެއް ނުވޭ

ކުޅިވަރަށް ކޮށްލާ ކަމެއްފަދަ ލުއި ފަސޭހަ ކަމާ އެކީ
ވަޅިހަރައި މީހަކު މަރާކަށް ޖެހިލުމެއް މިއަދަކު ނުވޭ

ހޫނު ބަހުސުން ޣީބަ ބުނަމުން ދޮގުބަހުން ކަން ފަހި ކުރަން
ދޫނުބައި ވުމަކީ އެއީ އަދަބެއް ލިބޭ ކަމަކަށް ނުވޭ

ޚުލްޤު ހެޔޮ ކަމުގައި މިސާލެއް ދެއްކި މީހުން ދުނިޔެއަށް
ޚުލްޤު ނެތް ބަޔަކަށް ވުމީ ލަދުގަންނަ ކަމަކަށްވެސް ނުވޭ

އައިޑަލޭ ކިޔަނީ މިސާލެއް ފަދަ ވުމުންކަން މީހުނަށް
ލައި އުޅޭ ހެދުމާ ބޮލުގެ އިސްތަށިގަނޑުން އެބަ ހާމަވޭ

ތަންވެ ތަނަވަސް، ޢިލްމުވެރި މީހުން މިތާނގައި ގިނަވިޔަސް
ކަންމިހެން ހުރުމާ އެކީގައި، އަދި ލުޔެއް ހިތަކަށް ނުވޭ

ހެޓްކިޔާފައި ނެޓު ބަލައިގެން، ސެޓު ވެވޭތޯ އެބަ އުޅެން
ގެޓުނުވާތީ އައި އަކަށް އޯކޭ އެކޭ އަދި ނުބުނެވޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *