ތިންހާސް ސަނަތް ހަމަކޮށްލުމަށް ފަންޑިތަ ސިހުރު މަހަދާނަމޭ
ތިން ބާރަކަށް ދޫވެސް ނުދީ ކިޔެވެލި ތަކެއް ކިޔަވާނަމޭ
ބޮލުގައިފަތެއް ފައިގައިހަމެއް އަތުގައި ގުޑުން ނެތި ދިޔަޔަކަސް
ބޮލުކޮޅު އޮބައި ހަތްގުދު ލިޔަސް ދިވެހިން މިތާ ހައްދާނަމޭ
ރާހުތްއަޅައި ހިތްބަލިކުރަން އުޅުނަސް އަސަރު ކުރުމެއްނުވޭ
ރާބޮނދިގޮތަށް ވެއްޓުން ނުވާ މީ ސީދިއޭ ރެކިލާނަމޭ
ރާގުން ރޮމުން "ފައިބާގޮނޑިން" ގޮވިޔަސްތަޚުތު ދޫކޮށްނުލައި
ރާފޮދު ތުނބަށް ލައި ރައްޔިތުން މި ބިމަށްމޮޅަށް ދިރުވާނަމޭ
ލާފެން ކަސީ ދާކޮށް ހަދައި މާދުރުދުރަށް ބަބުޅާނެހެން
ލާލުން ހަނާ އެޅިދާ ގޮތަށް ދައްކައި ވަޠަން ވީދާނަމޭ
އެކުގައިކަހައި މަސްމެހިމަހާ މުތްތައް ކަނޑުން އެންދެރިވިލުން
ކުގައި ނަގައި ބައްކޮށް މިހެން ބޭރަށް ޖަމާ ކޮށްލާނަމޭ
މި ޚަޒާނުގައި ހުރިނަމަވަހެއް ފިލުވައިއެކަށް ކޮށްލައިނުބައި
މި މަޤާމުގައި ފުރަގަސް ޖެހޭ ދުވަހަށް ދަރަނި ކޮށްލާނަމޭ
ދެން ކުރިމަގަށް ތަޚުތަށްއަރާ މޮޅުވެރިއަކަސް މިކުރާކިލަބު
ދެން ހަމަހިލާ ފިލުވާލުމަށް ނުމެ ވާވަރެއް ކޮށްލާނަމޭ
ޤައުމެއްގެނަމަ ތަރުބިއްޔަތަށް އިސްވާށަތިބި އަންހެންދަރިން
ޤައުމަށް ވިހަވި ބަދަވީތަކަށް އެކުގައި ހަދައި ހާނާނަމޭ
ޅަ ދަރިންތަކަށް މައިހަށިތަކަށް ލެއްވެވިކިރުން މެބަރީޢަކޮށް
ޅައިރުމެ ގެރިން ފެލި ކިރުދެމުން ޖަނަވާރުކުލަ ޖައްސާނަމޭ
އިސްކޯލުގައި ދިންތަރުބަވީ ޢިލްމެއް ނަގައި ހޫރާމެލައި
އިސްކޮށް ހުޅަނގުފެޝަނަށް ޅަހިތްލަންބައިނިކަން ހާނާނަމޭ
ހަރުހިލަމިހިތް ހަތްފެނުއަޅައި ކައްކާލިޔަސް ބަދަލެއްނެތޭ
ވަރުދެރަވެފައި ކަން އުނިވިޔަސް ކުލައިން ޒުވާން ދައްކާނަމޭ
