Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ސުޝާންތު ފްލައިޓަށް އެރުމުގެ ކުރިން ބޭސް ނަގާ ކަމަށް ރިއާ ބުނުމުން އަންކިތާ އެކަން ދޮގުކޮށްފި

ދަންޖެހި މަރުވެފައި ހުއްޓާ ފެނުނު ބޮލީވުޑްގެ ފިލްމީ ތަރި ސުޝާންތް ސިންގ ރާޖްޕޫތު، ފްލައިޓުގައި ދަތުރުކުރަން ޖެހިލުންވާތީ އެކަމަށް ބޭހެއް ނަގާ ކަމަށް އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ރިއާ ޗަކްރަބޯތީ ބުނުމުން، ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ އެކަން ދޮގުކޮށްފިއެވެ.

އިންސްޓަގްރާމް އަދި ޓްވިޓަރގައި ސުޝާންތު އޭނާގެ ފްލައިޓް ސިމިއުލޭޓަރ ދުއްވަނިކޮށް ނަގާފައިވާ ވީޑިއޯ ހިއްސާކުރަމުން އަންކިތާ ވަނީ އެއީ ކަލްސްޓަފޯބިއާ (ކުދި، ހަނި ތަންތަން ދެކެ ބިރުގަތުން) ތޯ ސުވާލުކޮށްފައެވެ.

"ސުޝާންތު އަބަދުވެސް ފްލައިޓު ދުއްވަން ލޯބިކުރޭ. އަދި ތިވަނީ އެކަންވެސް ކޮށްފަ. އަހަރެމެން އެންމެންވެސް އެކަމާ ފަހުރުވެރިވަން،" ވީޑިއޯއާއެކު އަންކިތާ ހިއްސާކުރި ލިޔުންކޮޅުގައިވެއެވެ.

އަންކިތާ މިހެން ބުނެފައި ވަނީ، ސުޝާންތަކީ ފްލައިޓު ދުއްވަން ބިރުގަންނަ މީހެއް ކަމަށާއި، ފްލައިޓަށް އެރުމުގެ ކުރިން އޭނާ އަބަދުވެސް ބޭސް ގުޅައެއް ކާކަމަށް އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ރިއާ ބުނެފައިވަނިކޮށެވެ. އިންޑިއާ ރިއާ ބުނެފައިވަނީ ދެ ތަރިން ޔޫރަޕަށް ދިޔަ ދަތުރުގައި ސުޝާންތު 'މޮޑަފިލް' ނަމަކަށް ކިޔާ ބޭހެއް ކެއި ކަމަށެވެ. އަދި އެ ބޭސް ކެއީ އޭނާގެ ކްލަސްޓަފޯބިއާ ހުންނާތީ ފްލައިޓުގައި ދަތުރުކުރަން ބިރުގަންނާތީ ކަމަށާއި، އޭނާ ދަތުރުކުރާ ކޮންމެ ފަހަރަކު އެ ބޭސް ނަގާ ކަމަށް ރިއާ ބުންޏެވެ.

ސުޝާންތު ނަފްސާނީ ބައްޔާއި، އެފަދަ އެހެން ބަލިތަކަށް ވެސް ބޭސް ނަގާ ކަމަށް ރިއާ ބުނެފައި މިވަނީ، ރިއާ އޭނާއަށް ޑްރަގް ދީ، އޭނާ ހަމައިން ނައްޓުވާލާފައިވާ ކަމަށް ސުޝާންތުގެ ބައްޕަ ބުނެފައިވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *