ކައިރިނުކޮށް ހުރި ވާލެއް ކާޅެއް، ބޯށި ގަހުން ދައްކައިލީމާ
މައިގަހުގެ އެ ބޭނުން ނެތުނިއްޔޭ ކެޔޮގަނޑު އޮވެ ފައްކާ ވީމާ
ކިރިޔާ ކަމަކާ ކަންބޮޑުވެލިޔަސް ކަރުނައަޅައި ރުއި މައިމީހާ
ދަރިފުޅުގެ ހަނދާނުންވެސް ފިލަޔޭ މަތިވެރި ޢިއްޒަތް ލިބުނީމާ
އަލަކުން ނުބެލޭ ޅަ ދަރީންތޯވެސް އެބަނޑުގެ އަސްލުން އުފެދޭނީ
ވެލަޔެއް ކޮނެލާ ވަޅުގަނޑަކަށްބިސް އެޅުމަށްފަހުގައި ފަސްލީމާ
ވާއުފަލުން ފެންފޮދު ބޮއިލައިފައި، އޭގެ ހެވާ ކައި ނިމުނީމާ
ކާކުހެ ކުނރުބާ އުނބު ފޮރުވާނީ، ރަސްދަނބުރުކު އުނބަކަށްވީމާ
ފުދުމުން ބޭނުން ނަންވެސް ނޭނގޭ، ޖެހިގެން ހުއްޓަސް ކައިރީގައި
އެދުވަހު ކޮށްދޭން ބުނިހައި ކަންތައް މަޖަލަށް ބުނި ބުނުމަށްވީމާ
ކޮބައިކަމެއް ވީ ކޮންތާކު ކަމެއް، ނުބަލައި ބޭނުން ނެތުނީމާ
ކޮބާހެ އަހަޔޭ ފެންކައްކާބޮލި، ކަންފަތުގެ ރިހުން ގަދަވީމާ