Support Us

ސްވިޒަލެންޑުގައި ޗޮކުލެޓު "ސްނޯ" ފައިބައިފި!

ޗޮކުލެޓު ސްނޯ ފޭބުމަކީ ކުޑައިރު ދެކޭ ހުވަފެނެއް ނަމަވެސް ސްވިޒަލެންޑުގައި މިވަނީ އެކަން ހަގީގަތަކަށްވެފައެވެ. ސްވިލްޒަލެންޑްގެ ޗޮކުލެޓު ފެކްޓްރީއެއްގައި ދިމާވި މައްސަލަކާއި ގުޅިގެން ފެކްޓްރީ ހުރި ސަރަހައްދުތަކަށް ވަނީ ކޮކޯ ޕައުޑަރ ފައިބައިފައެވެ.

ލިންޓް އެންޑް ސްޕްރުންގްލީ ފެކްޓްރީ ހުންނަ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނިގޮތުގައި ވައިގެ ތެރޭގައި އަދި ބިންމަތި ފުރާ ޗޮކުލެޓު ސްނޯ ފޭބުމުން އެމީހުންނަށް ލިބުނީ ހައިރާންކަމެކެވެ. ޗޮކުލެޓު ސްނޯ ބެލުމަށް އެ ސަރަހައްދުގައި ހުރި ގޭގޭގެ ކުޑަކުދިންތައް ވަނީ މަގުތަކަށް ނިކުމެފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ލިންޓް އެންޑް ސްޕްރުންގްލީ ކުންފުނީގެ އޮފިޝަލުން ބުނީ ކޮކޯ ޕައުޑަރ ފުނޑުކުރުމުގެ ތެރޭގައި ފެކްޓްރީގެ ވެންޓިލޭޝަން ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެން ކޮކޯ ޕައުޑަރ ބޭރުވީ ކަމަށެވެ. އަދި އެދުވަހު އެ ސަރަހައްދުގައި ވައި ބާރުކަމުން ވަށައިގެން ހުރި ސަރަހައްދުތަކަށް ޕައުޑަރު ބުރީ ކަމަށެވެ.

ފެކްޓްރީ ވަށައިގެން ހުރި ސަރަހައްދުތަކުގެ މަގުމަތީގައާއި، ގޭގޭގެ ފުރާޅުތަކުގެ އިތުރުން ޕާކުކޮށްފައި ހުރި ވެހިކަލްތަކަށް ވެސް ކޮކޯ ޕައުޑަރ ފައިބައިފައި ވާއިރު ކުންފުނީގެ އޮފިޝަލުން ބުނީ އެ ތަކެތި ސާފުކުރުމަށް އަރާ ހަރަދު ކުންފުނިން ދައްކާނެ ކަމަށެވެ. ކޮކޯ ޕައުޑަރަކީ ތިމާވެއްޓަށް އަދި އެއްވެސް މީހަކަށް ގެއްލުންދޭ އެއްޗެއް ނޫން ކަމަށާއި، ފެކްޓްރީގެ ވެންޓިލޭޝަން ސިސްޓަމް މިހާރު ރަނގަޅުކޮށްފައިވާ ކަމަށް ވެސް އޮފިޝަލުން ބުންޏެވެ.

ސްވިޒަލެންޑްގައި ޗޮކުލެޓު ސްނޯ ފޭބި ހަބަރު ހަލުވިކަމާއެކު ޓްވިޓަރގައި ދައުރުވެ، ގިނަ ބަޔަކު ބުނެފައިވަނީ އެއީ މި އަހަރު ލިބުނު އެންމެ އުފާވެރި ހަބަރު ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *