ވިސްނުމަށް ގެންނާށެ މިތުރުން މާދަމާ ރޯޝަން ކުރަން
އިސްނަގާށޭ ތެދުމަގުން އެންމެން ހިނގަން އަދު ވެއްޖެޔޭ
ދުނިޔެ ތެރެޔަށް އަދު ބަލައިލައި ފިކުރު ހިންގައިލާ ތަނުން
އުނި އެތައް ތާކުން ނިކަން އުނި ކަންކަމެއް ފެންނާނެޔޭ
ލެއްގުމެއް ލައްގާ ހުރާ ނޫން ހުރަޔަކަށް ނެތް ތަންތަނުން
ޙައްޤު ބާޠިލް ބައްރަބޭ އޮޅި ފަށުއި ބޮޅު ހެން ފެނި ދެޔޭ
ޢަދުލު އިންސާފުގެ ތަރާދަށް ބަރުވަނީ ނަމަ ރަތުރަނުން
ކަދުރު ރަން އިލޮށިން ކެއުން އެ ތަނެއްގެ ހަމަޔަށް ވާނެޔޭ
ނަސްލަކަށް ނިސްބަތް ނުވާނަމަ މޮޅު ތިމާ ހަމަ ކަށަވަރުން
އަސްތަ އަސްތާ އެ ފަދަ ތަންތާ ގަނަތެޅެން ލާޒިމު ވެޔޭ
ނަން މަޤާމާ ކަން ނަގާ ނަމަ ވަކި ދަރިންނަށް މަހުޖަނުން
ފަންނު ޢިލްމުގެ މާނަވެސް ބަސްފޮތު ލިޔަން ދަތިވާނެޔޭ
ފެންނަ ފެނުމާ އިވި މިދާ އަޑުތައް އަހައިގެން ހެޔޮހިތުން
ތަން އުޖާލާ ނޫރަކުން ދިއްލައި އަޅަން އަދު ވެއްޖެޔޭ
