Support Us

ސިއްރުގެ ސިއްރު

ޙަޔާތުގެ ސިއްރުތައް ފޮރުވަން ހިތާ އަހަރެން ކުރީމެ ހަވާލް
ލަޔާޤަތު އެކަމުގައި ހުރިތޯ ނުކޮށް ގިނަގުނަ ތަފާތު ސުވާލް

އުދާސްތައް، އެކި ރިހުންތައް، ތަޖުރިބާތައް، ލައްޒަތާއި، އަރާމް
ލަދާއި ތަދާ ޖަމާކޮށްލީ މެ ހިތުގެ ތެރަށް ރެޔާއި ދުވާލް

ބައެއް މިތުރުންގެ ހިތްހެޔޮކަން، ބައެއް ހަތުރުންގެ ހިތްހަރުކަން
ބައެއް މޮޔައިންގެ ހުރި މޮޔަކަން ޖަހައި އެއްކޮށް ކުރީމެ ކަމާލް

ކިހާ އިތުބާރަކާއި ޔަޤީންކަމެއް އެ ހިތަށް ދިނުން ހެއްޔޭ؟
މިހާ މަތިވެރި އަމާނާތެއް ބޮލަރުވުން ކޮށްދެނީ އެ ދަލާލް

އެހެން ނަމަވެސް އެ ހިތް ވެސް ސިއްރުސިއްރުން ކަންކުރީ ކިހިނެއް؟
މިހެން ބުނެދޭން މި ވާހަކަތައް އެހައި ނުވެދާނެ ރީތިވެ ޗާލް

ވަރަށް ބަރުވެއްޖެޔޭ މުޅި އުމުރު ކިހިނެއްހޭ މި އުފުލާނީ؟
ބަރަށް ލުއި ހޯދުމޭ ރަނގަޅީ ކިޔައި ކުރިޔޭ އެ ހުތުރު ޚިޔާލް

ދުލަށް ގަލަމަށް ނިތަށް މޫނަށް ކޮލަށް ދެލޮލަށް އެހާލަތުގައި
ފުލުން ގޮސް އެންމެހައި އަސަރެއް ބަހައިލިޔެ ޖާޒުބީ އެކި ޙާލް

ލޮލުންކަރުނަށް ކަރުނަ ވިދުމަށް، ގަލަންދެއްޔަށް ދެލިން އެ ފޮތަށް
ދުލުން ވައިރޯޅިޔަށް އޮހުމުން އެ ލުހުނީ ނޫންހެ ހުރިހައި ފާލް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *