Support Us

ތިނަދޫގައި އަލުން މީހުން އާބާދުވާން ފެށިތާ 54 އަހަރު ފުރުން ފާހަގަކޮށްފި

ގދ. ތިނަދޫގައި ދެ ވަނަ ފަހަރަށް މީހުން އާބާދުވާން ފެށިތާ 54 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ތިނަދޫގައި ހަރަކާތްތަކެއް އިއްޔެ ހިންގައިފިއެވެ.
ތިނަދޫގައި އަލުން މީހުން އާބާދުވާން ފެށީ 1966 ވަނަ އަހަރުގެ އޮގަސްޓް 22 ގައެވެ. އެ އީ 1962 ގެ ފެބްރުއަރީ 14 ވަނަ ދުވަހު ރަށުން މީހުން ބޭލިތާ ހަތަރު އަހަރު ފަހުންނެވެ.
މި ދުވަސް ފާހަގަކުރުމަށް އިއްޔެ މި ރަށުގައި ހިންގައިފައިވާ ހަރަކާތްތަކުގެ ތެރޭގައި ތިނަދޫގެ ޖަމްޢިއްޔާއެއް ކަމުގައިވާ ހުވަދޫ އެސޯސިއޭޝަން ފޯ ނޭޝަނަލް ޑިވެލޮޕްމެންޓް (ހޭންޑް)ގެ ފަރާތުން ތައްޔާރުކުރި "އެ ހިތި ހަނދާން 1962″ ބޮޑު ސްކްރީނުގައި ދައްކާލުމާއި ތިނަދޫ ސްޓޭޑިއަމުން އިންތިޒާމް ކޮށްގެން އަވައްޓެރި މަޑަވެއްޔަށް ދައުވަތު ދީގެން ތިނަދޫ ޓީމް ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ފާހަގަ ކޮށްލެވެއެވެ.
ހޭންޑް އޮފިޝަލަކު ވިދާޅުވީ އޮގަސްޓް 22 ފާހަގަކުރުމަށް ރޭ ބޭއްވި އިވެންޓްގައި ގެނެސްދީފައި ވާނީ 1962 ގައި ތިނަދޫ މީހުން ރަށުން ބޭލި ޙާދިސާއާއި ގުޅިގެން އޭރުގައި އެ ކަން ތަޖުރިބާކޮށްފައިވާ ބައެއް މީހުންގެ ވާހަކަތައް ކަމުގައެވެ. އެވިޑް ކޮލެޖް ވަރަށް ބޮޑު އެއްބާރުލުމަކާއެކު ތިނަދޫ ބޯޅަދަނޑުގައި ކުރިޔަށް ގެންދިޔަ މި ޙަރަކާތް ބެލުމަށް ގިނަ ބަޔަކު އެ ސަރަހައްދަށް ދިޔައެވެ.
ތިނަދޫގައި "އާބާދީ 54″ ފާހަގަ ކުރުމަށް ކުރެހުމާއި ފޮޓޯގެ މައުރަޒެއް ބޭއްވުމުގެ މަސައްކަތް ވެސް ކުރިޔަށް އެބަދެއެވެ. މި މައުރަޒު އިންތިޒާމްކުރާ ތިނަދޫ ސްޓޭޑިއަމުން ބުނިީ މައުރަޒުގައި ބައިވެރިކުރި ފޮޓޯ އާއި ކުރެހުންތަކުގެ ނަތީޖާ ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް