ވިހުރޭ މަށަށް ނޫންހޭބުނީ ލޯބީން ތިއީ ޤައުމުގެ ހިތޭ
ފަޚްރޭ ނިޝާން ޙުއްރިއްޔަތޭ، ޤައުމުގެ ލޮލޭ އަދި ކަންފަތޭ
ބުނި ތިޔަ ދަރީންނޭ އުފުލަނީ އަހަރެންގެ މައްޗަށް ދިދަތަކެއް
މިނިވަންކަމުގެ ފަޚްރާޝަރަފް، ގެއްލޭނެ ތިހުރީ ގޮތްގޮތޭ
ގަދަރޯޅިޔާއެކު ވިހުރިލައި، އަބަދުމެ ވަށައިގެން ބަލަބަލައި
ހަދަމުން މިދާއިރު ފާރަލައި ޤަދަރެއް އަދަކު ކުރުމެއް ނެތޭ
ލުހިގެން ވަޔާގޮސް ވެއްޓުނަސް، ހިރަފުސްތެރޭ ގޮސް މޮޑެވުނަސް
ޖެހިގެން ދެފައިގައި ކޭއްތުނަސް، އަހަރެން ނަގާ މީހެއް ނެތޭ
ވަޠަނިއްޔަ ހައިބަތު ފެންނަހައި، އާޘާރަކާ ވެހި އާދަތައް
މިތަނުން ނަގާލައިފައި ދިވެހި، ބިމެކޭ ކިޔާނެ ކަމެއްނެތޭ
އަހަރެންނަގައި އެއްލައިލުމަށް ފެނުނަސް ބަޔަކުތިބެ އަންނަތަން
އެހެނަސް މިހެން ހުރުމޭ އޮތީ، ލިބިފައި ދުލެއް މަށަކަށް ނެތޭ
ބަލިވާވަރަށް ހިތް ރޮވުނަކަސް އެހިތުން ނަސޭޙަތް އޮހުނަކަސް
މިލޮލުން ކަރުނަ ބަންޑުން ވިޔަސް، އެބަލައިދެކޭ މީހެއް ނެތޭ
ފޮޅިގެން އިހަށް ވިހުރުނު ގޮތަށް، ވިހުރޭހިތެއް މިއަދަކު ނެތޭ
މޮޅިވާ ވަރުން އަހަރެން ވަނީ، ދަނޑިޔާއެކީ ހުރެ ރޯހިތޭ
One Response
V furihama lheme dhidhaye ne Qaume ne