Support Us

ކޮލަމް ތަޖޫގެ ދުލުން

ތަލަވަނީތަ؟

ދެރަނުވާށެވެ. ހިތްވަރު ކުރާށެވެ. ކަލޭ ދެރަވެ މާޔޫސްނުވާށެވެ. މަގޭ ބޯ ކަލެއަށް ފެނޭ ހެއްޔެވެ؟ މަގޭ ބޮލުގައި އިސްތަށި ނެތިގެން ތަލަވެގެން އެފްބީއަށް މަ ވައްޓާލާ ފޮޓޯއަކަށް ލައިކް ނުލިބިފައެއް ނެތެވެ. އަޅެ އަޖުމަ ބަލާލަން ކަލޭގެ ކުރިމަތީގައި މަގޭ ފޮޓޯއެއް އެފްބީއަށް ވައްޓާލަން ހެއްޔެވެ؟ ހުސްހަށިބައެއް، މީހެއްގެ އަންބެތް ނޯންނާނެ އެވެ. ހާޓްތަކާއި ލައިކްތަކުން ފުރާނުލިއްޔާ މަ ލޮނުލައިގެން ބަތެއް ނުކާނަމެވެ. މަ މިހެން ބުނާއިރަށް ކަލޭ ތީ މާ މަޝްހޫރު މީހެކޭ ކަލޭ ބުނާނެ އެވެ. ރަނގަޅެވެ. މަ މަޝްހޫރެވެ. ކަލޭވެސް މަޝްހޫރު ކޮށްލަދީފާނަމެވެ.

ކަލޭ ބޭނުންވަނީ ތީ ތަލަވާ މައްސަލައަށް ހައްލެއް ދޯއެވެ؟ ކަލޭ ތަލަވަނީ މަތިން ހެއްޔެވެ؟ އެހެންވިއްޔާ ބޮލު މެދުން ކުރަފި ކައިފަ ތި އިން ބައި ވަކިނުވާ ވަރަށް މުޅި ބޯ ތަލަކޮށްލަބަލާށެވެ. އޭރުން އަންހެން ކުދިން ބުނާނެ އެވެ. އޭނާ ނަގާފައި އެ ހުރީ މިލިޓަރީ ކަޓެކެވެ. ދެން "ތަލަ" ވާހަކައެއް ނުދައްކާނެ އެވެ. މިގޮތަށް ހެދީމާ ދެން ކަލޭގެ ލަގޮނޑިއަށް ތަދުވާނީ ގޮތްގޮތަށް އިސްތަށިގަނޑު ގެންގުޅޭ ފިރިހެން ކުދިންގެ ބޯ ފެނުމުންނެވެ. އެކަމަށް އޮތް ހައްލަކީ އެމީހުން ދައްކާ ތިއްތި ނުބެލުމެވެ.

ދެން މަ މިހެން ބުނީމާ ކަލޭ ބުނާނެ އެވެ. ލޯ ހުރިއްޔާ ބެލޭނެ އެވެ. ރަނގަޅެވެ. ކަލޭ ބަލާށެވެ. އެމީހުންނާ ވާދަކުރަން ކަލޭ ބޮލުގައި އިސްތަށި ޕްލާންޓް ކުރެވޭނޭ ގޮތްތަކެއް މަ ކިޔައިދީފާނަމެވެ. ބޮލުގައި ކަޅު ކާޕެޓްކޮޅެއް އެޅުން ކިހިނެއް ހެއްޔެވެ؟ ނޫނީ ތުނބުޅި މޭކަށިގަނޑާ ހަމައަށް ދިގުކޮށްލާފައި މެދުން ބައި ކޮށްލާފައި ދެ ފަރާތުން ނަގާ ބޮލުމެދަށް ހުޅިއެއް ޖަހާ ބަލާށެވެ. އެގޮތް ކަމުނުދަންޏާ ދެން އޮތީ ތަންކޮޅެއް ބުރަ މަސައްކަތެކެވެ. އެއީ ހަފުތާއަކު ދެ ދުވަހު ފާރަކަށް އެކޮޅުކޮޅުން ނަގައިގެން އޮތުމެވެ. އެއީ ކީއްކުރަން ކުރާ ކަމެއްތޯ ނާހާށެވެ. މޭވާ އާއި ފަލަމަޑި ގަހުގައި އަޅާ ގޮތަށް ބަލާށެވެ. އަނބު އަންނަނީ މަތީގައި ދޯއެވެ. ގަހުގެ އޮފިތަކުގަ އެވެ. ކައްޓަލަ ފައިބަނީ ތިރިއަށް ދޯއެވެ؟ ބިމުގެ އަޑިއަށެވެ. އިސްތަށިވެސް ނުކުންނަނީ މި ތިއަރީގެ ދަށުންނެވެ. ކަލެ އާއި މަށާ މީ އިސްތަށި އަޑިއަށް ފައިބާ ވައްތަރެވެ. މިއީ ފަލަމަޑި އާއިލާގެ އިސްތައްޓެވެ.

އަހަރުމެންގެ ގައިގައި އިސްތަށި ގިނައެއް ނޫން ހެއްޔެވެ؟ އިސްތަށި ބޮލުގައި ގިނަވެގެން އެއުޅެނީ މޭވާ އާއިލާގެ އިސްތަށި ހުންނަ ފިރިހެނުންނެވެ. އެކޮޅުކޮޅުން އޮތީމާ އެ ނުކުންނަ އިސްތަށި ތިރިއަށް ދާން މިސްރާބު ޖަހާ، ކޮންމެ އިސްތައްޓެއް ނިކުންނާނީ ކަލޭގެ ބޮލުންނެވެ. ކަލޭ އޮތީ އެކޮޅުކޮޅުން ކަމެއް އިސްތައްޓަކަށް ނޭނގޭނެ އެވެ. މިގޮތް ރަނގަޅު ދޯއެވެ؟

ދެން އަވަހަށް ބޮލަށް އިސްތަށި ގިނަކުރަން މަސައްކަތް ފަށާށެވެ. ދެލޯ ފޮހެލާށެވެ. ރުއިން ހުއްޓާލާށެވެ. ހިތްވަރު ގަދަކުރާށެވެ. ކަންކަން ކާމިޔާބު ވާނީ މަސައްކަތެއް ކުރެވިގެންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
183

3 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *