Support Us

ނޭފަތުގައި ތާށިވެފައި އިން ލެގޯ ކުޅޭ އެތިކޮޅު ދެ އަހަރު ފަހުން ނެގިއްޖެ

ހަތް އަހަރުގެ ކުއްޖެއްގެ ނޭފަތުގައި ތާށިވެފައި އިން ލެގޯ ކުޅޭ އެތިކޮޅު ދެ އަހަރު ފަހުން ނެގިއްޖެ އެވެ.

ނިއުޒިލެންޑްގެ ދެކުނުގައި އޮންނަ ޑަނީޑެން ސިޓީގައި ދިރިއުޅޭ ހަތް އަހަރުގެ ސަމީރު އަންވަރުގެ ނޭފަތުގައި ލެގޯ ކުޅޭ އެތިކޮޅެއް ތާށިވެފައިވާތާ ދެ އަހަރު ވީފަހުން އޭތިކޮޅު ނޭފަތުން ވެއްޓިފައިވާ ކަމަށް އެ ގައުމުގެ ހަބަރުފަތުރާ ވަސީލަތްތަކުން ބުނެއެވެ.

ނިއުޒިލެންޑްގެ ހެރާލްޑް ނޫހަށް މައުލޫމާތު ދެމުން ސަމީރުގެ ބައްޕަ ބުނީ ލެގޯ އެތިކޮޅު ނޭފަތް ތެރެއަށް ވަދެފައި ވަނީ ކުޅެން އުޅުމުގެ ތެރޭގައި 2018 ގައި ކަމަށެވެ. އަދި ނޭފަތް ތެރެއަށް ލެގޯ އެތިކޮޅު ވަދެފައިވާ ކަމަށް ސަމީރު ބުނުމާއެކު އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ޑޮކްޓަރުން ނޭފަތުގެ އެތެރެ ބެލިބެލުމުން އެ އެތިކޮޅު ފެނިފައިނުވާ ކަމަށް ވެސް އޭނާގެ ބައްޕަ ބުންޏެވެ.

"ޑޮކްޓަރު ބުނީ އެއީ މާ ބޮޑު ކަމެއް ނޫން ކަމަށް. އަދި އެ އެތިކޮޅު ނޭފަތަށް ވަދެފައިވާނަމަ ހަޖަމުކުރާ ނިޒާމުގެ ތެރެއިން ހަށިގަނޑުން ބޭރުވާނެ ކަމަށް. އޭގެ ފަހުން ދެ އަހަރު ވީ އިރުވެސް އޭގެ ސަބަބުން އުނދަގުލެއް ވާކަމުގެ ޝަކުވާ ސަމީރުވެސް ކޮށްފައިނުވާތީ، އަހަރެމެންވެސް ތިބީ އޭގެ މަތިން ހަނދާން ނެތިފައި،" ސަމީރުގެ ބައްޕަ ކިޔައިދިނެވެ.

ސަމީރުގެ ނޭފަތުގައި އިން ލެގޯ އެތިކޮޅު ވެއްޓުނީ، މީގެ ދެތިން ދުވަސް ކުރިން ނޭފަތަށް ކުއްލިއަކަށް ތަދުވުމުން އޭނާގެ ނޭފަތް ފޮޅާލުމުންނެވެ. ދެ އަހަރު ފަހުން ނޭފަތުން ކުޅޭ އެތިކޮޅު ވެއްޓުމުން އެންމެންވެސް ވަރަށް ހައިރާންވި ކަމަށް ސަމީރުގެ ބައްޕަ ބުންޏެވެ. އަދި އެ އެތިކޮޅުގައި އޮތީ ގިނަ ދުވަސްވެގެން ފަންގަސް ޖަހައިފައި ކަމަށް ވެސް އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *