Support Us

އީދު ބަންދުގައި މޯލްޑިވިއަނުން އަގުހެޔޮ ފްލައިޓްތަކެއް

މި ފަހަރުގެ ބޮޑު އީދު ބަންދުގައި ރަށްރަށަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަނުން އަގުހެޔޮ ފްލައިޓްތަކެއް ހަމަޖައްސައިފިއެވެ.

ޑޮމެސްޓިކް 16 މަންޒިލު ހިމެނޭ މި ދަތުރުފަތުރުގެ އައިޓިނަރީގައި މާލެއަށް އަންނަން ބޭނުންވާ މީހުންނަށް މި މަހުގެ 13 އިން 16 އަށް ހެޔޮ އަގެއްގައި އާދެވޭ ގޮތް ވަނީ ހަމަޖައްސައިފައެވެ. އަދި މާލެއިން ފުރައިގެން ރަށްރަށަށް ދިއުމަށް މި މަހުގެ 17 އިން 24 އަށް އަގުހެޔޮ ފްލައިޓްތަކެއް މިހާރު ވަނީ ހަމަޖައްސައިފައެވެ.

އެންމެ ހެޔޮކޮށް ޓިކެޓް ލިބެން ހުރީ 749ރ. އަށް ކަމަށްވާއިރު، އަގުބޮޑު ޓިކެޓްގެ ސީލިން ވެސް ކަނޑައަޅައިފައި ވަނީ 1،333ރ. އަށް ވުރެ އަގު މައްޗަށް ނުދާނޭ ގޮތަށެވެ. މިއީ މޯލްޑިވިއަން ހިންގާ ދިވެހި ސަރުކާރުގެ ކުންފުނި އައިލެންޑް އޭވިއޭޝަން ސާވިސްއިން ކަސްޓަމަރުންނަށް ފަސޭހައިން އަދި އަތްފޯރާފަށުގައި ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ތައާރަފު ކުރި ބޮޑު އީދު ޕެކެޖެކެވެ.

އާއިލާގެ މެންބަރުންނާއި ރަހްމަތްތެރިންނާއެކު ބޮޑު އީދުގެ އުފާވެރިކަމުގައި ބައިވެރިވުމުގެ އިތުރުން ބޭހަށާއި އެހެނިހެން ކަންތައްތަކަށް ދަތުރުކޮށްލުމަށް މަގުފަހިކޮށްދިނުމަކީ މޯލްޑިވިއަނުން ތައާރަފު ކުރި މި ޕެކޭޖްގެ މުހިންމު މަގުސަދެކެވެ. އަދި މިހެންވެ، މި ޕެކެޖްގެ ދަށުން ދަތުރު ކުރާ މުއްދަތުގައި ނުހަނު އަގުހެޔޮށް ދަތުރު ކޮށްލެވޭނެ ކަމީ ކޮންމެ ކަސްޓަމަރެއްގެ ހިތްހަމަޖެހުމަކަށް ވާނެއެވެ.

ކަސްޓަމަރުންގެ ފަސޭހަ އާއި އަރާމު ކަމަށް ހަމަޖައްސައިދީފައިވާ މި ޕެކެޖްގެ ތަފުސީލުތައް ހޯދައިލުމަށް މޯލްޑިވިއަންގެ ވެބްސައިޓް maldivian.aero އަށް ޒިޔާރަތްކޮށްލައްވާށެވެ. މީގެ އިތުރުން [email protected] އަށް އީމޭލު ކުރެއްވުމުން އަދި ހޮޓްލައިން ކަމަށްވާ 1671 އަށް ގުޅުއްވުމުން ވެސް ފަސިންޖަރުންގެ ދަތުރުގެ ހުރިހާ ކަމެއް ފަސޭހަކަމާއެކު ހަމަޖެހިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *