Support Us

އަޤުޞާގެ އިލްތިމާސް

މުސްލިމީ ޣިޔަރަތު ކޮބައިހޭ އޭގެ އަސްލާ ރޫޙުގައި
ގިސްލުމެއް ނޫނޭ އޮތީ ޙައްޤާ ޖިހާދުގެ ރޭހުގައި
***
މީ ރަސޫލުންނާ ނަބިއްޔުން އިބުތިހާލުވި މާތްބިމޭ
މީ ޖިހާދުގެ ޤާއިދުން ތަމްސީލުކުރި މަތިވެރި އިމޭ
މީ ގެއޭ ވެންނެވި ޢުމަރު ޤަދަރާއި ޝައުކަތުޝާނުގައި

މީ ޢިބާދާތުން ތަވައްޖުހު ދެވުނު ފުރަތަމަ ޤިބުލައޭ
މީ ޢަޖާއިބު ދެކެވަޑައިގެން ދަތުރުފުޅު އޮތް މަންބަޢޭ
މީ ނުވާޝައްކެއް ޚަބަރު އެންގެވި ބިމޭ ޤުރުއާނުގައި

ލޭހިލޭ މިބިމުން މިއަދު އެބަ ޚާއިނުންގެ ޢަމަލުތަކުން
ގޭނެމުންދޭ އުނިވަމުން އެބަ މުސްލިމުންގެ އަސަރުތަކުން
ބޭނުމޭ ފަރުވާގެ މޭތައް ހުށަހެޅުން ޤުރުބާނުގައި

ވޭތަ އެބަ ފުރިހަމަ ޚަލީފާކަމުގެ ޒިންމާ ބިންމަތީ
ދޭތަ އެބަ ވެވެމުންއަދާ ޙައްޤާއި ވާޖިބު އުންމަތީ
މޭތަކަށް ނާދޭތަ ލޮޅުމެއް ކެކުޅުމެއް އިޙުސާނުގައި

މަރުވެދާނޭކަމުގެ ބިރުގާހޭ ފަހަށް ތިޔަ އެނބުރެނީ
މަރުނުވާނޭކަމުގެ މަނަހެއް ކާކުހެއްޔޭ ލިބިދެނީ
ދަރުމައިން ބަރުވާނެހެން މަރުވުން މޮޅީ މީޒާނުގައި

ހިންދަމާލާށޭ މިތިބަ މުސްލިމު ޒުވާނުންނޭ މިތާ
އިންދިރާސްކޮށްލާ އަސަރުވެސް ޣައިރުމުސްލިމު އޮތް މިތާ
ބިންތަކަށް ގެންނަން އަމާންކަން ޞުލްޙައާ އީމާނުގައި

އަޑުއިވޭހެން ހީވެޔޭ އެބަ އަދުގެ ޙާލަށް އެދި ގޮވާ
މަޤުބަރާއިން މާތް ޞަލާޙުއްދީނު އޮންނެވި ޤަބުރުވާ
ވަޖިދުގާ ތެދުވާށެ އެމަގުން ލެއްވެވޭނެ ޖިނާނުގައި

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *