ރަށްރަށުގެ މަގު އަދި ބަނދަރު ބައްތިތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ފެނަކަ އިން ފަށައިފިއެވެ.
ފެނަކަ އިން ބުނީ އެ ކުންފުނިން ހިދުމަތް ދެމުން އަންނަ ހުރިހާ ރަށެއްގައި ދިއްލައިފައި ހުންނަ ބައްތިތަކުގައި ހުރި މައްސަލަތައް ބެލުމަށް ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް މަގު އަދި ބަނދަރު ބައްތިތަކުގައި އީއެލްސީބީ ހަރުކޮށްފައި ހުރިތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ރަށްރަށުގެ އިޖްތިމާއީ ދިއްލުންތަކަށް ބޭނުންކުރާ (ބަނދަރާއި މަގުމަތީގެ) ބައްތިތަކަކީ ކައުންސިލްތަކުގެ ބެލެނިވެރިކަމުގެ ދަށުން ބަލަހައްޓާ މި ކޯޕަރޭޝަނުން ކަރަންޓު ފޯރުކޮށްދެމުން ގެންދާ ބައްތިތަކެކެވެ. އަދި ކައުންސިލްތަކާ އެއްބަސްވެވޭ ގޮތެއްގެ މަތިން، ދެމެހެއްޓެނިވި ގޮތެއްގައި ފެނަކައިގެ ފަރާތުން އިޖްތިމާއީ ބޭނުމަށް ދިއްލާ ބައްތިތައް ބެލެހެއްޓުމަށް ހުށަހެޅުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ. މިހާރުވެސް ކައުންސިލްތަކުން ގޮވާލާ ވަގުތުތަކުގައި ފެނަކައިގެ ޓެކްނިކަލް ބޭފުޅުންގެ އެހީތެރިކަން ފޯރުކޮށްދެމުން ދާކަން ފާހަގަކުރަމެވެ." ފެނަކަ އިން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ.

އަތޮޅުތަކުގެ ގިނަ ރަށްރަށުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދެނީ ފެނަކައިންނެވެ.



advertisment

