އެސް.ޓީ.އޯ އިން ވިއްކާ ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ހެޔޮކޮށްފިއެވެ.
އެސް.ޓީ.އޯ އިން ބުނީ މިއަދުން ފެށިގެން މި ބަދަލު ގެނައީ "ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮވުމާ ގުޅިގެން" ކަމަށެވެ.
މި ބަދަލާ އެކު ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން މިއަދުން ފެށިގެން ތެޔޮ ލިބޭނީ ތިރީގައިވާ އަގުތަކަށެވެ.
- ޕެޓްރޯލް ލީޓަރެއް 13.98 ރ.އަށް
- ޑީސަލް ލީޓަރެއް 13.92ރ. އަށް
އެސްޓީއޯ އިން މިދިޔަ ޑިސެމްބަރު މަހުވެސް ވަނީ ތެލުގެ އަގު ހެޔޮކޮށްފައެވެ. އެ ބަދަލާއެކު މިހާތަނަށް ޕެޓްރޯލް ލީޓަރެއް ލިބެމުން އައީ 14.33ރ. އަށެވެ. ޑީސަލް ލީޓަރެއް، 14.62ރ. އަށެވެ.
"އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަނީ މި ކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށެވެ. މި ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތަކާ އެކު ރާއްޖޭގައި ވިއްކާ އަގުތައްވެސް ބަދަލު ކުރަމުންދާނެ ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް އަރުވަމެވެ." އެސް.ޓީ.އޯ އިން މިއަދު ނެރުނު ބަޔާނެއްގައިވެއެވެ.



advertisment

