މަންޝާ މަނިކުގެ ނަމުގައި މީގެ 34 އަހަރު ކުރިންސުރެ މަޝްހޫރުވެފައިވާ ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކުސޭޓު)ގެ "މަންޝާ އޮންލައިން" ފިހާރައަކީ މިހާރު އިތުރު ތައާރަފަކަށް ބޭނުންވާނެ ފިހާރައެއް ނޫނެވެ. އެ ފިހާރައިގެ މަގުބޫލްކަން މިހާރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައެވެ. މީހުން އުޅޭ ރަށްރަށުން ފެށިގެން ރިސޯޓުތަކުގައި ވެސް އެންމެ މަގުބޫލް އެއް ފިހާރައަކީ "މަންޝާ އޮންލައިން" އެވެ.
ގޭތެރޭގެ އާންމު ދިރިއުޅުމަށް ބޭނުންކުރާ ހުރިހައި ސާމާނެއްގެ އިތުރުން ދެ ޖިންސުގެ ޒުވާނުންނާއި ކުޑަކުދީންނަށް ބޭނުންވާ ހުރިހައި ސާމާނެއް ވެސް "މަންޝާ އޮންލައިން" އިން ލިބެއެވެ. އަދި ރިސޯޓުތަކުގެ ޝޮޕްތަކަށާއި ރަށްރަށުގެ ފިހާރަތަކަށް ބޭނުންވާ އެކި ކަހަލަ ސްވެނިއަރ ވެސް "މަންޝާ އޮންލައިން" އިން ފުޅާ ދާއިރާއެއްގައި ހޯލްސޭލްކުރެއެވެ.
"މަންޝާ އޮންލައިން"ގެ ވިޔަފާރި ތަފާތުވާ އެތައް ސަބަބުތަކެއް އެބަހުއްޓެވެ. ގިނަ ބަޔަކަށް އެންމެ ކަމުދާ އެއް ސަބަބަކީ ހުރިހާ ބާވަތެއްގެ މުދާ އެއް ފުރާޅެއްގެ ދަށުން ލިބުމުގެ އިތުރުން އެންމެ ފޯނު ކޯލަކުން އެ ގެއަކަށް، އެ ރަށަކަށް ނުވަތަ އެ ރިސޯޓަކަށް ވެސް ތަކެތި ފޮނުވައިދޭ ކަމެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ހުރިހައި ބާވަތެއްގެ މުދާ ހެޔޮ އަގުގައި ފޯރުކޮށްދިނުން. މުދާ ޑެލިވެރީ މާލެ، ހުޅުމާލެ އަދި ބޯޓުފަހަރަށާއި އަދި ބޭނުންވެއްޖެ ނަމަ އެއަރފްރައިޓްކޮށް ވެސް ރާއްޖޭގެ ހުރިހައި ރަށަކަށް ފޮނުވައިދޭނެ. އޯޑަރު ދޭތާ އެއް ގަޑިއިރު ތެރޭގައި ސާމާނު ޑެލިވަރކޮށްދޭނެ. އަމާޒަކީ މާލޭ އޭރިޔާ އާއި ބޯޓުފަހަރަށް ގިނަވަގެން 20 ނުވަތަ 40 މިނިޓް ތެރޭގައި ޑެލިވަރކޮށްދިނުން،" މަނިކު ސޭޓު ބުންޏެވެ.
"މަންޝާ އޮންލައިން" ފިހާރަ ހުންނަނީ ފަރީދީމަގުގައި، "އެމް.އެސް. އާރް.އާރް. ޝޮޕްސް"ގައެވެ.
"މާލެއިން ފުރައިގެން ދާން ބޭނުންވާ މީހުންނަށް ބޭނުންވާނެ ހުރިހާ އެއްޗެއް "މަންޝާ އޮންލައިން" އިން ފޯރުކޮށްދެން. އޭގެ އިތުރުން މާލެ އަންނަ ޓޫރިސްޓަކު އެނބުރި ގައުމަށް ދިއުމުގެ ކުރިން އެ މީހާއަށް ބޭނުންވާ ހުރިހައި އެއްޗެއް ވެސް މިތަނުން ލިބެން ހުންނާނެ. ނޫނިއްޔާ ރާއްޖެއިން ބޭރަށް ދިވެއްސަކު ދާން ބޭނުންވިޔަސް، ސުވެނިއަރއަކަށް ގެންދާނެ ދިވެހިވަންތަ އުފެއްދުންތައް ވެސް ހެޔޮ އަގެއްގައި، އަތްފޯރާފަށުގައި މިތަނުން ލިބޭނެ. އެހެންވީމާ އީދަށް ރަށުން ބޭރަށް ދާން އުޅޭ ކޮންމެ މީހަކު ވެސް މި ތަނަށް ވަދެލުމަކީ ވަރަށް މުހިންމު ކަމެއް،" މަނިކުސޭޓު ބުންޏެވެ. "މިތަނުން ވިއްކާ މުދަލުގެ ކޮލިޓީ ރަނގަޅުވެފައި އަގުތަކާ އެއްޗެތި ހެޔޮވީމާ އާންމުން މިތަން ވަރަށް ބޮޑަށް ބަލައިގެންފި. ރާއްޖޭގެ މާކެޓުން އާންމުކޮށް ލިބެން ހުންނަ ހުރިހައި އެއްޗެއް މި ތަނުން ލިބޭނެ. އަގުތައްވެސް ހަމަ އެހާ ހެޔޮވާނެ."
"ދިވެހިވަންތަ ސްވެނިއަރ ހުންނާނެ. މަގާއި މުންޑާއި ޓީޝާޓް ހުންނާނެ. ކުޑަކުދީންނަށް ބޭނުންވާނެ ހުރިހައި ސާމާނެއް ހުންނާނެ. ރީތިވާ ސާމާނު ހުންނާނެ. ސެންޓު، ލޯޝަން، ބޮޑީ ސްޕްރޭ، ޝޭމްޕޫ ހުންނާނެ. ޖާޒީ އާއި ޓީޝާޓާއި ސޯޓާއި ޒުވާނުން ކުޅިވަރު ކުޅޭ ހުރިހައި ސާމާނެއް ހުންނާނެ. މެޓާ، ޗޮކްލެޓް ހުންނާނެ. އަވިއައިނާއި ގަޑި ހުންނާނެ. އެކި ކަހަލަ ނަޓްސް ހުންނާނެ. ހެލްމެޓާއި އިސްތިރި އާއި ބެޑްޝީޓާއި ކުއިލްޓާއި ގެއާއި ބަދިގެތެރޭގެ އެކި ކަންކަމަށް ބޭނުން ހުރިހައި އެއްޗެއް ހުންނާނެ. ގޮދަޑި ހުންނާނެ. އެކި ސައިޒުގެ ފޮއްޓާއި ދަބަހާއި ތޮތްޕާއި ބެކްޕެކް ހުންނާނެ. މުސައްލަ ހުންނާނެ. އެކި ކަހަލަ ހާޑްވެއާރ ވެސް ހުންނާނެ. ރައްޓެހިންނަށް ދޭނެ އެކި ކަހަލަ ހަދިޔާ ވެސް ހުންނާނެ،" މަނިކުސޭޓު ބުންޏެވެ.
"މަންޝާ އޮންލައިން"ގައި މިހާރު ކުރިއަށް ދަނީ ބޮޑު ޗުއްޓީގެ ހާއްސަ ސޭލެކެވެ. ބޮޑު ޗުއްޓީ ނިމެންދެން އެ ސޭލް ކުރިއަށް ދާނެއެވެ. މި ޗުއްޓީގައި ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ދަތުރުުރާ ގިނަ ބަޔަކު ދަތުރަށް ތައްޔާރުވުމަށް އެންމެ ފުރަތަމަ ވެސް ވަންނަމުން އަންނަ ފިހާރައަކީ "މަންޝާ އޮންލައިން" ކަމަށް ވުމުން މަނިކު ސޭޓު ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ގިނަ ބަޔަކަށް ބޭނުންވާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން، ހެޔޮ އަގެއްގައި ދެވޭތީއެވެ.
ބޮޑު ޗުއްޓީއަށްފަހު މި މަހު 26 ގައި ސްކޫލްތައް ހުޅުވިފައި އަނެއްކާ ޖޫން 16ގައި ފެށޭ ބޮޑު އީދު ޗުއްޓީއަށް މަނިކު ސޭޓު މިހާރު ވަނީ ތައްޔާރުވާން ފަށައިފައެވެ. މަނިކު ސޭޓު ބުނި ގޮތުގައި މި ފަހަރުގެ ބޮޑު އީދު ޗުއްޓީގައި ރަށްރަށަށް ދާން ދަތުރު ހަދާ ފަރާތްތަކަށް އޮތީ ވަރަށް ބޮޑު ސަޕްރައިޒްއެކެވެ. ނަމަވެސް އެ ސަޕްރައިޒް ހާމަކުރާނީ އަދި ފަހުންނެވެ.
"އެ ސަޕްރައިޒް އަދި ބާއްވާނީ ސަޕްރައިޒަކަށް. އެންމެން ވެސް ތައްޔާރަށް ތިބޭ،" މަނިކު ސޭޓު ބުންޏެވެ.
މަނިކުސޭޓު ބުނީ "މަންޝާ އޮންލައިން"ގެ ހިދުމަތް ހޯދުމަށް، 7772341 ނުވަތަ 7991551 އަށް ގުޅައިލުމުން ނުވަތަ ވައިބަރ/ ވަޓްސްއަޕް މެސެޖެއް ކޮށްލިޔަސް ހުރިހައި ކަމެއް "ވަގްތުންވަގްތަށް" ހަމަޖެހޭނެ ކަމަށެވެ.
"މަންޝާ އޮންލައިން" ފިހާރައިގެ މިހާރު ކުރިއަށްދާ ބޮޑު ޗުއްޓީ ސޭލްގެ ބައެއް ފޮޓޯތައް ތިރީގައި މިވަނީއެވެ.