Support Us

ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ކުޑަކުދިންނަށް ސްޓެލްކޯ ހުޅުވާލައިފި

ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކާއެކު ކުޑަކުދިންނަށް މާދަމާ ސްޓެލްކޯ ހުޅުވާލާ ގޮތަށް ހަމަޖައްސައިފިއެވެ.

ސްޓެލްކޯ އިން ބުނީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭ އިންޖީނުގެ ދައްކާލައި އިންޖިނިއަރިންގ ދާއިރާއަށް ކުޑަކުދިން ޝައުގުވެރިކުރުވުމަށް މަޢުލޫމާތު ދީ، އިންޖިނަރުންގެ ހެދުމުގައި ފޮޓޯ ނެގުމާއެކު ފަންނީ ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުޞަތު މާދަމާ އޮންނާނެ ކަމަށެވެ. އަދު ކުޑަކުދިން ޝައުގުވެރިވާ ކަހަލަ އެކި ކަހަލަ ހަދިޔާ ބެހުން ވެސް ސްޓެލްކޯ ހެޑް އޮފީހުގައި މާދަމާ އޮންނާނެ ކަމަށެވެ.

މާދަމާއަކީ ހުކުރު ދުވަސް ކަމަށް ވުމުން، ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:00 އިން 10:00 އަށް އަދި ހަވީރު 4:00 އިން 6:00 އަށް ކަމަށް ސްޓެލްކޯ އިން ބުނެއެވެ. އަދި މިޙަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިކުރުވުމަކީ ސްޓެލްކޯގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.