Support Us

ޒުވާނުންގެ ސަބަބުން ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވޭ: ޑަބްލިއުއެޗްއޯ

ޒުވާނުންގެ އަމަލުތައް ބަހައްޓާ ގޮތުން ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފި އެވެ.

ވީޑިއޯ މެދުވެރިކޮށް މަޢުލޫމާތު ދެއްވަމުން ޑަބްލިއުއެޗްއޯގެ ވެސްޓަރން ޕެސިފިކް ރީޖަނަލްނ ޑިރެކްޓަރ ޓަކޭޝީ ކަސާއީ ވިދާޅުވީ ކޮވިޑް-19 ގެ ހާލަތު ބަދަލުވެ، ޒުވާނުންގެ ސަބަބުން ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

"ވިހި، ތިރީސް އަދި 40 ގެ އުމުރު ފުރައިގެ މީހުން ބޭރުގައި އުޅޭއިރު ގިނަ ފަހަރަށް ބަލި ޖެހިފައި ހުއްޓަސް ނޭނގޭ. އަދި އެމީހުންގެ ފަރާތުން އުމުރުން ދުވަސްވީ މީހުންނަށާއި ހައި ރިސްކް މީހުންނަށް ބަލިޖެހުމަށް މެދުވެރިވޭ،" ކަސާއީ ވިދާޅުވި އެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުތަކުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރައްވައި ކަސާއީ ވިދާޅުވީ، އެއީ ކޮވިޑް-19 ގެ އައު މަރުހަލާއެއްގެ ފެށުން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ފާއިތުވި މަހުގެ ތެރޭގައި ދުނިޔޭގައި ކޮވިޑް-19 ޖެހުނު ޒުވާނުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށް ޑަބްލިއުއެޗްއޯގެ އޮފިޝަލުން ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ.

ދުނިޔޭގައި 22 މިލިއަނެއްހާ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު މި ބަލީގައި މިހާތަނަށް 773،000 މީހުން ވަނީ މަރުވެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *