...

Support Us

އުތުރު ތިލަފަޅު ހިއްކައިގެން ދަނޑުވެރިކަން ކުރަން ޗައިނާއާ އެކު ސޮއިކޮށްފި

އުތުރު ތިލަފަޅު ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ރާއްޖޭގައި އެގްރިކަލްޗަރަލް (އޭއީޒެޑް) ޒޯނެއް ގާއިމްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމް.އައި.ޑީ)، އާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އެސްޓީއޯގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ޝިމާދު އިބްރާހިމާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ އެވެ.

އެމްއައިޑީން ބުނީ މި މަޝްރޫއަކީ ކާބޯތަކެތީގެ ރައްކާތެރިކަން ދިވެހި ރާއްޖޭގައި ގާއިމްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

މި އެމްއޯޔޫ އާއި އޭގެ ދަށުން ސޮއިކުރެވޭ އެއްބަސްވުން ވެގެންދާނީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށާއި އިގުތިސާދާ ސިންދަފާތުކުރުމަށާއި އިމްޕޯޓްކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުަޑަކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކަށް ކުރިއެރުން ލިބިގެންދާނެ ކަމަށް، އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ އެމްއައިޑީގެ އެ ބަޔާނުގައިވެ އެވެ.

އެ ކުންފުނިން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު އޭގެ މައިގަނޑު އެއް ސަބަބަކީ އިމްޕޯޓްކުރާ ކާބޯތަކެއްޗަށް ގައުމު ބަރޯސާވެފައިވާ މިންވަރެވެ. ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ގާތްގަނޑަކަށް 90 ޕަސެންޓަކީ އިމްޕޯޓެވެ. ރާއްޖޭގައި އިމްޕޯޓަށް ބަރޯސާވާން ނުޖެހޭ ހަމައެކަނި ކާނާއަކީ ކަނޑުމަހެވެ.

"އިމްޕޯޓްކުރާ ކާބޯތަކެތީީގެ ތެރޭގައި އަސާސީ ބާވަތްތައް ވެސް ހިމެނޭއިރު ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ހާމަވެގެންދެ އެވެ. ތާރީހީ ގޮތުން ބަލާއިރު ރާއްޖެއަށް ކާބޯތަކެތީގެ ރައްކާތެރިކަމުގައި އެންމެ ބޮޑު ގޮންޖެހުންތައް ކުރިމަތިވެފައިވަނީ ޖިއޮގްރަފިކަލް ލޭއައުޓާއި ދަނޑުވެރިކަން ކުރެވޭ ބިމުގެ ދަތިކަމުންނެވެ." އެމްއައިޑީން ބުންޏެވެ.

އެގްރިކަލްޗާ އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރުމަށް އެކުލަވާލާ މި އެއްބަސްވުމުގެ ދަށުން ރައްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއްހޯދައިދިނުމަށް އެޅިގެންދާނެ މުހިންމު ފެށުމަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގައި އޭއީޒެޑް ތަރައްގީ ކުރުމުގެ މަސައްކަތް ފައްޓަވާނެކަން ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހުގައެވެ.

މި މަޝްރޫއުގެ ތަފްސީލް ދެމުން އެމްއައިޑީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ޕްރައިމަރީ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާއި ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ހެދުމާއި ފަސިންޖަރުންނާއި މުދާ އުފުލާ ޓާމިނަލްތައް ހެދުން ހިމެނެ އެވެ.

މީގެ އިތުރުން ރާއްޖޭގައި ތަރުކާރީއާއިމޭވާ އުފައްދާނެ ބޭސްއަކާއި އެގްރިކަލްޗާ ޓެލެންޓް ޓްރެއިނިން ބޭސްއެއް އަދި އެގްރިކަލްޗާ ޕްރޮޑަކްޓްސް ލޮޖިސްޓިކްސް ޑިސްޓްރިބިއުޝަނެއް ގާއިމްކުރެވިގެންދާނެ އެވެ.

"މާނައަކީ ދަނޑުވެރިކަން ޕްރޮސެެސްކުރާ އަދި ޑިސްޓްރިބިއުޓް ކުރާ ފަރާތްތަކަށް ޒަމާނީ ވަސީލަތްތަކާއެކު ވަށާޖެހޭ އެތަނުން ލިބިގެންދާނެ އެވެ." އެ ކުންފުނިން ބުނެ އެވެ.

އެމްއައިޑީން ބުނީ މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިކަމުގެ ސިނާއަތަށް ހާއްސަ ޖާގައެއް ހޯދައިދީ އިންވެސްޓަރުން ޝައުގުވެރިކަން ހޯދައި ދަނޑުވެރިކަމުގެ ސިނާއަތް ދިރުވުން ކަމަށެވެ.

"މިކަމުގެ ސަަބަބުން ރާއްޖޭގެ އެތެެރޭގެ އުދުހުންތައް އިތުރުވެ، ކާބޯތަކެތީގެ ބާވަތްތައް ސިންދަފާތުކޮށް އަދި ފުޅާކުރެވި އިމްޕޯޓަށް ބަރޯސާވުން ކުޑަވެގެންދާނެ އެވެ. ނަތީޖާއެއްގެ ގޮތުން ބޭރުފައިސާއަށް ކުރާ ހަރަދުކުޑަވެ، ނޭޝަނަލް ރިޒާވް މެނޭޖްކުރުމަށް އެހީތެރިކަން ލިބިގެންދާނެއެވެ." އެމްއައިޑީން ބުންޏެވެ.

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.