...

Support Us

ސްޓެލްކޯގެ ހައްޖާއި އުމްރާގެ ނަސީބުވެރިން ހޮވައިފި

ސްޓެލްކޯގެ ފަރާތުން މި އަހަރު ހައްޖާއި އުމްރާއަށް ދާ ނަސީބުވެރިން ގުރުއަތުން ހޮވައިފިއެވެ.

ސްޓެލްކޯ އިން ބުނީ މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ހުޅުވާލި ފުރުސަތަށް އެދި ހުށަހެޅި 116 މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވީ 98 މުވައްޒަފެއްގެ ކަމަށާއި އުމްރާގެ ފުރުސަތަށް އެދި ހުށަހެޅި 263 މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވީ 254 މުވައްޒަފަކު ކަމަށެވެ.

"މީގެ ކުރިން ހައްޖު އަދި އުމްރާގެ ފުރުސަތު ކުންފުނިން ދީފައިވަނީ ދެބަޔަށް ވެސް ކޮންމެ އަހަރަކު އަންހެން މުވައްޒަފަކަށާއި، ފިރިހެން މުވައްޒަފަކަށް. އެހެން ނަމަވެސް، ކުންފުނީގެ އެކަމާ ގުޅުން ހުރި ޕޮލިސީއަށް ބަދަލުގެނެސް މި އަހަރު ވަނީ ހައްޖުގެ އަޅުކަމަށާއި، އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެން މުވައްޒަފު ހޮވައިފައި،" ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.

ސްޓެލްކޯގެ ފަރާތުން މި އަހަރު ހައްޖާއި އުމްރާއަށް ދާ ނަސީބުވެރިން ހޮވައިފައި ވަނީ ޝަރުތު ހަމަވި މުވައްޒަފުންގެ މެދުގައި ރޭ ބޭއްވި ގުރުއަތުލުމުގެ ހަފުލާގައެވެ.

ހައްޖުގެ ފުރުސަތު ލިބުނު ނަސީބުވެރިން:

  • އަބްދުﷲ އާމިރު، ހުޅުމާލެ އިންޖީނުގެ
  • މުހައްމަދު އާދިލް، ކ. ކާށިދޫ އިންޖީނުގެ
  • އައިޝަތު ޝިޒްނާ، ވިލިނގިލި އަވަށު އިންޖީނުގެ

އުމްރާގެ ފުރުސަތު ލިބުނު ނަސީބުވެރިން:

  • އާޒިމް އާދަމް، އދ. ދަނގެތި އިންޖީނުގެ
  • މުހައްމަދު އާރިފް، ރިނިއުވަބަލް އެނާޖީ ޑިޕާޓްމަންޓް
  • ހަދީއްޖާ އިފްޝާ، ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް

"މި ކުންފުނިން ދެމުން ގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް،" ސްޓެލްކޯގެ އޮފިޝަލް ވިދާޅުވިއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.