...

Support Us

ޖޫރިމަނާ މަޢާފްކޮށްދެވޭނީ މި އަހަރުގެ ނިޔަލަށް ފެން ބިލްތައް ދައްކާ ނަމަ: އެމް.ޑަބްލިޔު.އެސް.ސީ

މިދިޔަ އަހަރުގެ ފެން ބިލްތަކުގެ ޖޫރިމަނާ ފައިސާ މަޢާފްކޮށްދެވޭނީ މި އަހަރުގެ ނިޔަލަށް އެ ބިލްތައް ދައްކާ ޚަލާސްކުރާ ކަސްޓަމަރުންނަށް ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުނެފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި މިއަދު ބުނީ ޢާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކުގެ ފެންބިލާއި ކަރަންޓް ބިލް ނުދެއްކި ގިނަ ދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މަޢާފުކޮށްދެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.

"ސަރުކާރުގެ މި ނިންމެވުމާ ގުޅިގެން އެމް.ޑަބްލިޔު.އެސް.ސީގެ ޑޮމެސްޓިކް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރ 2023 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މަޢާފްކޮށްދެވޭނެއެވެ. މިގޮތުން ޖޫރިމަނާ މަޢާފްކޮށްދެވޭނީ އިސްވެ ދެންނެވި ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަވަންޖެހޭ ޖުމްލަ ފައިސާ 01 އޭޕްރީލް 2024 އިން ފެށިގެން 31 ޑިސެމްބަރ 2024 އާ ދެމެދު އެއްކޮށް ދައްކަވައި ޚަލާސްކުރައްވާ ކަސްޓަމަރުންނަށެވެ. މީގެ އިތުރުން އެއްބަސްވުމެއްގެ ދަށުން އިސްވެ ދެންނެވި ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވައި ޚަލާސްކުރެއްވުމަށް އެދިވަޑައިގަންނަވާ ކަސްޓަމަރުންނަށް އެ އިންތިޒާމް މި ކުންފުނިން ހަމަޖައްސަވައިދެވޭނެއެވެ. މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވާ ކަސްޓަމަރުންނަށް ޖޫރިމަނާ މަޢާފްކޮށްދެވޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަވައި ޚަލާސްކުރެއްވުމުންނެވެ." އެމް.ޑަބްލިޔު.އެސް.ސީގެ ބަޔާނުގައިވެއެވެ.

"މި ކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމުން ނުވަތަ 1050 އަށް އެސ.ްއެމ.ްއެސްއެއް ފޮނުއްވުމުން ނުވަތަ mv.com.mwsc@mail އަށް އ-ީމެއިލްކުރެއްވުމުން މިކަމުގައި އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ. ވީމ،ާ ނުދެއްކި ގިނަ ދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކަވައި ޚަލާސް ކުރެއްވުމަށް މި ފުރުސަތުގެ ބޭނުން ހިއްޕެވުމަށާއި ޤަވާޢިދުން ބިލްތަކަށް ފައިސާ ދައްކަވަމުން ގެންދެވުމަށް ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކުރަމެވެ."

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.