Support Us

ބިންވެރިޔާ ގޯތިތަކަށް އަރައިފައިވާ މަގުތަކުގެ ތާރު ކެނޑުމުގެ މަސައްކަތް ފަށައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން މަގުތަކަށް އަރާ ގޮތަށް ދޫކޮށްފައިވާ ގޯތިތަކުގެ އިމުގެ ތެރެއަށް އަރައިފައިވާ ތާރު ކެނޑުމުގެ މަސައްކަތް އެޗް.ޑީ.ސީން މިއަދު ފަށައިފިއެވެ.

އެޗް.ޑީ.ސީން ބުނީ ރިޔާސީ އިންތިހާބާ ދިމާކޮށް ކުރީގެ ސަރުކާރުން ބިންވެރިޔާ ސްކީމުގެ ދަށުން ކަނޑައަޅާފައިވާ ގޯތިތަކުގެ އިން ވަކިކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ގޯތި ހަވާލުކުރުން އަވަސް ކުރުމަށް އެ ކުންފުނިން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުން ކަމަށެވެ. މިގޮތުން، ގޯތި ދީފައިވާ ސަރަހައްދުތަކުގެ ބިން ސާފުކުރުމާއި، ބައެއް ގޯތިތަކަށް އަރާފައިވާ ފެނާއި ނަރުދަމާގެ ނެޓްވޯކް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

"މި ގޯތިތަކުގެ އިން ވަކިކޮށް ހަވާލުކުރުމުގެ މަސައްކަތް މި ކޯޕަރޭޝަނުން ކުރަމުން ދަނީ ހާއްސަ އިސްކަމެއް ދީގެންނެވެ." އެޗް.ޑީ.ސީގެ ބަޔާނުގައިވެއެވެ.