Support Us

މާލޭގެ ހުރިހާ މަގެއް ޗައިނާގެ ހިލޭ އެހީގައި ހަދަނީ

މާލޭ ސިޓީގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހެދުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޯޅި މެދު ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓު އަހުމަދު ޒަމީރުގެ ކެންޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަަލަ އިތުރުން، ދެން އެންމެ ބޮޑަށް މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލައަކީ މަގުތަކުގެ މައްސަލަ ކަމަށެވެ.

"ޗައިނާ ސަރުކާރުން ހިލޭ އެހީގައި މުޅި މާލެ ސިޓީގެ ހުރިހާ މަގެއް ހަދާ ގޮތަށް މިހާރު ހަމަޖެހިފައި އޮތީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޗައިނާގެ ކަމާ ބެހޭ ޓީމު ރާއްޖޭގައި އެބަތިބި ކަމަށާއި އެ ޓީމުން ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތެއް ނިމުނީމަ، އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ދެން އެކަން ހައްލުވެގެންދާއިރު މަގުތަކުގެ ހުރި ހުރިހާ މައްސަލައެއް އޭގެ ތެރެއިން ހައްލުވެގެންދާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މާލޭގައި ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފައިވާ ކަމަށާއި އެގޮތުން ދާދި އަވަހަށް މާލޭގެ އެކި ސަރަހައްދުގައި ޕާކިން އިމާރާތްތައް އަޅަން ފަށާނެ ކަަމަށް ވެސް އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިހެން ހުރި ގިނަ މައްސަލަތަކެއް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްތައް ފަށަައިފައިވާއިރު އެކަންކަން ހާސިލްކުރެވޭނީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އެެއްބާރުލުން ދޭނެ މެމްބަރުން ތިބެގެން ކަމަށެވެ.

ރައްޔިތުންނަށް އިހުލާސްތެރި ސަރުކާރަށް އެއްބާރުލުން ދޭނެ މެމްބަރުން އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީީހުގެ އިންތިހާބުގައި ހޮވުމަށް ރާއްޖޭގެ 93 ދާއިރާގެ ރައްޔިތުންގެ ކިބައިން ރައީސް ޑރ. މުއިއްޒު އެދިވަޑައިގެންނެވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *