Support Us

މަޖިލިސް މެޖޯރިޓީ އެމްޑީޕީއަށް ދީގެން ފްލެޓްތައް ދެވޭނެނަމަ، އެކަން މިހާރު ވެސް ނުކުރެވެންވީ ސަަބަބެއް ނެތް: ރައީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ލިބިއްޖެނަމަ މާލޭގެ ރައްޔިތުންގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަަށަވަރުކޮށްދެވޭނެ ނަަމަ، އެމްޑީޕީން މިހާރު ވެސް އެކަން ނުކުރަންވީ ސަބަބެއް ނެތް ކަމަށާއި އެ ވާހަކަތަކަކީ މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ބޭނުންވެގެން އެމްޑީޕީން އެއްވެސް އިހުލާސްތެރިކަމެއް ނެތި ދައްކަމުން ގެންދާ ވާހަކަތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.

ރައީސް މިހެން ވިދާޅުވީ އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިފުށީ ދާއިރާއަށް ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާ މުހައްމަދު ވަހީދުގެ ކެންޕޭން ޖަގަހަ ހުޅުވުމަށް ހުޅުމާލޭގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުންނަށް ދޭން ބުނި ގޯތިތަކާއި ފްލެޓްތައް އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެޖޯރިޓީ ދީފިނަމަ ދޭނެ ކަމަށް ބުނަމުން ގެންދާތީ އެކަމަށް ރައްދުދެއްވާ ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ ބުނާ މެޖޯރިޓީއެއް މިހާރު ވެސް އޮތީ އެމްޑީޕީ އަތުގައި ކަމަށެވެ. ނަަމަވެސް އެ ބޭނުންވާ ސުޕަ މެޖޯރިޓީ އެމްޑީޕީ އަތުގައި އޮވެ، މި ސަރުކާރަށް ހަތަރު މަސް ވެގެެން ދިޔައިރު ވެސް އެެއްވެސް ކަމެއް އެމްޑީޕީން ކޮށްފައިނުވާތީ އެ ދައްކާ ވާހަކައިގެ އިހުލާސްތެރިކަމެއް ނެތް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެރިކަން ފެށިގެން އައި ދުވަހުވެސް އޮތީ އެމްޑީޕީގެ އަތުގައި ސުޕަ މެޖޯރިޓީ ހަަތަރު މަސް ވެގެން ދިޔައީ، ހަމަ އެއް ކަމެއް ވެސް ނުކުރައްވައެއް ނޫންތޯ. އެބޭފުޅުން އެހާ އިހުލާސްތެރި ބައެއް ނަމަ ކޮންމެހެން އަނެއްކާ އިންތިހާބަކުން މެޖޯރިޓީ ހަވާލު ކުރީމަތޯ އެ ވިދާޅުވާ.. (ކަންތައް) މިހާރު ނުކޮށް މިކަންތައް ކުރެވެން އަންނަނީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމްޑީޕީގެ އަތުގައި މެޖޯރިޓީ އޮތް އިރު މި ސަރުކާރުން ނުކޮށްގެން އުޅޭ ކަމެއް އޮތް ނަމަ މިހާރު ވެސް އެކަަމެއް އެމްޑީޕީއަށް ކުރެވެން ޖެހޭނެ ކަމަށާއި މެޖޯރިޓީ ހޯދަން އެމްޑީޕީން އެ ދައްކާ ވާހަކަތަކަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫން ކަަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެންޕެއިންގައި އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދަވާނެ ކަމަށެވެ.

އެގޮތުން އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމުމުގެ ކުރިން ގެދޮރު ނެތް އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެ ކަމަށް ވިދާޅުވި ވައުދު އެގޮތުގައި ފުއްދެވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކަށް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ވާހަަކަފުޅުގައި އެމްޑީޕީގެ ސަރުކާރު ނިމެން ދެ ތިން މަސް ދުވަހަށް ނުވަތަ ދެ ތިން ހަފްތާއަށް ވީމަ ދޭން ފެށި ގޯއްޗާއި ފްލެޓް އެ ދޭން ނިންމި ތާކުން ދެެއްވާނެ ކަމަށް ރޭ ވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފްލެޓްތަކުގެ މައްސަލަ އޭސީސީން ބަަލަމުން ގެންދާތީ އެކަން ކައިރިން ބެލުމަށް ހައުސިންގް މިިނިސްޓްރީއަށް ދަންނަވާފައިވާނެ ކަމަށާއި އެެއްވެސް ރައްޔިތެއްގެ ނަން ލިސްޓުން އުނިވާން އެމަނިކުފާނު ބޭނުންފުޅުނުވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުމެއް ނޫން އެއްވެސް ރައްޔިތަކު އުނިވާކަށް..އިރާދަކުރެއްވިއްޔާ ހުރިހާ ރައްޔިތުންނަށް ލިބޭނެ.. އަދި މި ބުރުގައި ނުލިބޭ މީހަކު ހުރި ކަމަށް ވިޔަސް އެންމެ އަވަހަށް އަޅުގަނޑުމެން ހިންގާ މަޝްރޫއަކުން ވެސް ލިބި، އިރާދަކުރެއްވިއްޔާ މާލެ ސަރަހައްދުން މާލޭގެ ހުރިހާ ރައްޔިތުންނަށް ދޭނަންް ފްލެޓާއި ގޯތި، އަދި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެސް ފްލެޓާއި ގޯތި އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަތުގައި ނެތިގެން ނުވެ އޮތް ކަމެއް ނޫން ކަމަށެވެ.

"މިއީކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީގެ އަތުގައި މިދިޔަ ދައުރުގައި އެ ބޭފުޅުންގެ ވެރިކަމުގައި އޮވެގެން އެބޭފުޅުން ނުކޮށް އޮތް ކަމެއް. އަދި މިހާރު ވެސް އެބޭފުޅުން ވިދާޅުވަނީ މެޖޯރިޓީ ދެެއްވާށޭ، ދިނީމައޭ ކުރެވޭނީ، މިހާރު ވެސް އޮވެމެ ނުކޮށްގެން އެއުޅެނީ، އަޅުގަނޑުމެން ލައްވާ އެބޭފުޅުންނަށް ކަމެއް ކުރެވޭނެ ކަމަށް، އަޅުގަނޑުމެން މިދަނީ ފުރިހަމަ ކުރަމުން ހުރިހާ ކަމެއް، އެހެންމެ އެބޭފުޅުންގެ އަތުގައި މެޖޯރިޓީއަކުން ވެސް ވަކި އިތުރަކުން ކުރެވޭނެ ކަމެއް އޮތް ނަމަ މިހާރު ވެސް ކުރައްވަންވީ، އެކަމަކު ނުކުރައްވަވާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެކަމަކީ މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރުމުގެ ދަހިވެތިކަމުގައި، އެއްވެސް އިހުލާސްތެރިކަމެއް ނެތި ތެދުވެރިކަމެއް ނެތި ބަަޔަކު ދައްކާ ވާހަކަތަކަށް ރައްޔިތުން ހެއްލިގެން ނުވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *