Support Us

އެމް.ޕީ.އެލް އިން ފިޔަވައްޗަށް 35 ކޭސް ދަޅުމަސް ހަދިޔާކޮށްފި

ދައުލަތުގެ ފަރާތުން ބަލަހައްޓާ ކުޑަކުދިން ތިބޭ މަރުކަޒު "ފިޔަވަތި" އަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން 35 ކޭސް ދަޅުމަސް ހަދިޔާކޮށްފިއެވެ.

އެމް.ޕީ.އެލްގެ ފަރާތުން މަސް ކޭސްތައް ހަދިޔާކުރީ، އެމް.ޕީ.އެލްގެ ޗީފް އޮފް ބިއުރޯ އައިޝަތު ޝިމްލާ އާއި ޖެނެރަލް މެނޭޖަރ އަޙްމަދު ސަލީމާއި ޖެނެރަލް މެނޭޖަރ އަލީ ޖައުފަރު މިއަދު ހެނދުނު ފިޔަވައްޗަށް ވަޑައިގަތް އެ މަރުކަޒުގެ އިސް ފަރާތްތަކާ ބައްދަލުކުރެއްވުމަށްފަހު ކަމަށް އެމް.ޕީ.އެލް އިން ބުނެއެވެ.

"އެމް.ޕީ.އެލްގެ ސީ.އެސް.އާރްގެ ދަށުން މީގެ ކުރިންވެސް ފިޔަވައްޗަށް ވަނީ ތަފާތު އެހީތައް ފޯރުކޮށްދީފައެވެ. އަދި ކުރިއަށް އޮތް ތާނގައި އެ މަރުކަޒަށް ބޭނުންވާ އެކި ކަންތައްތަކުގައި މި ކުންފުނީގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެއެވެ." އެމް.ޕީ.އެލްގެ ބަޔާނެއްގައި ބުންޏެވެ.