(އަމިއްލަ ރާގެއްގެ ލަވަޔެއް)
ޝުކުރުން ފުރޭ މަގޭ ހިތް ރޫޙީ ގޮތުން ވިޔަސް
އެކުގައި މަށާ ވެލާތީ ބައިވެރިޔަކަށް ކަލާ
ޝުކުރުން ފުރޭ މަގޭ ހިތް
ރަކުފަހަ ނިކަންމެ ދެރަވާ ގާތަށް ތިބާ ގެނެސް
ޒިކުރާ ވެ އައު ކުރީމާ އުފަލަށް ބަދަލު ކަލާ
ޝުކުރުން ފުރޭ މަގޭ ހިތް
ނިކަމެތި ކަމެއް ވެ ދާތާ ގާތުގަ އުޅޭ ވިޔަސް
ހަކުމީ އެހީ ނުވިޔަކަސް ފުދިދޭ ހަނދުމަ ކަލާ
ޝުކުރުން ފުރޭ މަގޭ ހިތް
ހަކުދުވަ އުފާ ލިބޭ ތާ ފެންނަށް ތިބާ ނެތަސް
ފިކުރީ ގޮތުން ގުޅޭތީ ވެ ޝަރީކަކަށް ކަލާ
ޝުކުރުން ފުރޭ މަގޭ ހިތް
އެކަނިވެ ދުނިޔެ އަޅައިދާން ހިތުލައިމެ މޮޔަވިޔަސް
ދެކަނީގެ ވާ އެ އިޙްސާސް ލިއްބައިދެޔޭ ކަލާ
ޝުކުރުން ފުރޭ މަގޭ ހިތް