Support Us

ދިވެހިރާއްޖޭގެ ސިޔާދަތީ ބާރާއި އިސްތިގުލާލަށް ހަށިފުރާ ނޭވާންލާން ފުރުސަތު ދެއްވައިފީމުއެވެ!

ތަޢައްސަބެއް ނެތި އިންސާފަށް ލޯބިކުރާ ކޮންމެ ދިވެއްސަކުމެ ހިތުން އޮހެން ޖެހޭނީ މި ކަމަށް ޓަކައި ހުސްވުމެއް ނެތް ތާރީފެވެ! ދިވެހި ދައުލަތުން މި ކުރެއްވީ ހަގީގަތުގައި ވެސް ކަމެކެވެ! ވަރަށް ބޮޑު ކަމެކެވެ! ދެން އޮތީ މި ކަމުގައި ހުޝިޔާރުކަމާ އެކު މަސައްކަތް ކުރެއްވުމެވެ. މި މަތިވެރި މުހިންމަތު ކާމިޔާބުކަމާ އެކު ކުރިޔަށް ގެންދެވުމުގެ ހިތްވަރާއި ބާރު ދިވެހި ސިފައިންނަށް ދެއްވާށިއެވެ! މި ކަމުގެ ގާބިލިއްޔަތު ދިވެހި އަސްކަރިއްޔާއަށް ދެއްވާށިއެވެ!

ދިވެހީންނަށް ވާނެއެވެ!

ދިވެހި ޒުވާނުންގެ ތެރޭގައި ޒަމާނީ ފަންނިއްޔާތަށް ފިސާރިއަކަށް ހޭލައި ތިބި ޒުވާނުން ވެސް އެބަ ތިއްބެވެ!

އިއްޒަތްތެރި ރައީސުލްޖުމޫހުރިއްޔާއަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ! އަދި ތާރީފު ދަންނަވައި އެދުމެއް ވެސް އެދޭ ހުށީމެވެ!

ދިވެހި ޒުވާނުންގެ ހުރި ފަންނިއްޔާތީ އުކުޅުތަކުގެ ބޭނުން ހިއްޕެވޭނޭ ހަރުދަނާ މަގެއް ކޮށްޓަވައިދެއްވާށެވެ! ޖައްވީ ޕްރޮގްރާމެއްގެ ހުވަފެންފުޅެއް ދެކެވަޑައިގަންނަވާށެވެ! އެ ހުވަފެންފުޅު ހަގީގަތަކަށް ހެދުމުގެ ގާބިލް ދިވެހިން އަދު ރާއްޖޭގައި އެބަ ތިއްބެވެ!

އެމެރިކާއިން ޖައްވަން މީހަކު ފޮނުވީ ހަމަ ތިބެފައެއް ނޫނެވެ! އިންޑިޔާއިން ހަނދަށް ދިޔައީ ހަމަ ތިބެފައެއް ވެސް ނޫނެވެ. އެތައް ނާކާމިޔާބީއަކާއި އެތައް ވެއްޓުމަކަށް ފަހުއެވެ!

އަޅުގަނޑަށް ކަށަވަރުވާ ކަމަކީ ދިވެހި އިލްމީ ހުނަރުވެރި ޒުވާނުން މި ފަދަ މިޝަންނެއް އާދެ މުހިންމަތެއް މާ ހަލުވިކޮށް މާކާމިޔާބުކަމާ އެކު ހާސިލްކުރާނޭ ކަމެވެ. އުންމީދު މި ކުރަނީ "ދިވެހިރާއްޖެ" މި ރީތި ނަމުން ކަނޑައިނަގައިފައިވާ ޖައްވީ އުޅަނދެއް ދިވެހިބިމުން އުދުއްސައިލާނެ އުފައުވެރި ގައުމީ ދުވަހަކަށެވެ! ފަންނިއްޔާތުގެ ގޮތުންނާއި ހުނަރާއި އިލްމުގެ ގޮތުން އެ ގާބިލިއްޔަތު ދިވެހިރާއްޖޭގައި އަދު އެބަ ހުއްޓެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *