ރީތި ތިރިތިރި ލެނބުމަކާ ހެޔޮވަރުގެ ކުޑަ އިސްކޮޅުފުޅެއް
ރީތި ފިނިފިނި ހިޔަލަކާ ހިތްގައިމު އެކަށޭ ބުޑުފުޅެއް
އެއްމެ ތެދަކަށް ނޫން ހުރީ ކުޑަކޮށް އޮތީ ހަމަ އަރިވެލައި
އޮންނަ އިރުގައި ސިފަވަނީ ނިޔަނެތި ޅަނދޮޅު ފަރި ގޮމަފުޅެއް
ފެތުރިލައިފައި ވާ އޮމާން ފަންތައް ވަޔާ ކުޅެލާ ގޮތުން
މިތުރުނޭ ހީވޭ ވަޔާ ނަށަނީއެ ނިއުޅޭ ހުޅިފުޅެއް
ހުންނަ ފެހި ތާޒާކަމާ އާރޯކަމުން އިޙްސާސްވަނީ
ދެންމެ ދެންމެ ވިދާޅުވާން ފަށަނީއެ މޫރިތި ބަސްފުޅެއް
ދިރުވަމުން ހިތް، އަރިއަހަށް ދިޔައިން – ނުވާނޭ ތޯ މިހެން؟
ކިރުމަޔެއް ފަދައޭ އަރަބި – ބޭނުންވެފައި ހުރި ކޮއިފުޅެއް
އޭގެ ރީތި އިހާތަކާ ފަންތައް، ހިޔާ ފޮނި ފިނި އަރާމް
މޭގެ ތެރެއަށް އެއްކުރީ ދީލަތި މި ފަދަ އާ ސިފަފުޅެއް
One Response
ޝުކުރިއްޔާ އާދަމް ނަސީރު. ވަރަށް ނަލަ ޅެމެއް!