Support Us

މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކަށް ހާއްސަ އަގުތަކެއް

އެތެރޭގެ އުދުހުންތަކަށް ހާއްސަ އަގުތަކެއް މޯލްޑިވިއަނުން ތައާރަފުކޮށްފިއެވެ.

ގައުމީ އެއާލައިނުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ތައާރަފުކުރާ މި އަގުތަކުގައި، އެތެރޭގެ 14 މަންޒިލަކަށް، ކޮންމެ ދުވަހަކު ވެސް ވަކި ފްލައިޓްތަކަކުން ވަނީ ހާއްސަ އަގުތަކެއް ހަމަޖައްސައިފައެވެ.

މި އަގުތަކުގެ ތެރެއިން އެންމެ ދަށް އަގު އުޅެނީ އިފުރާއި މާފަރަށެވެ. އެއީ ކޮޅަކަށް 999ރ. އެވެ. އެންމެ ބޮޑު އަގު ކާޑެއްދުއަށެވެ. އެއީ ކޮޅަކަށް 1،333ރ. އެވެ.

ހާއްސަ އަގުތައް:

"މޯލްޑިވިއަންގެ މި ޚާއްސަ ފެއާތަކުގައި ދަތުރު ކުރައްވާ ބޭފުޅުންނަށް އަގުހެޔޮކޮށް، ފަސޭހަކަމާއެކު ރާއްޖޭގެ އެތެރޭގެ ހުރިހާ މަންޒިލްތަކަށް ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މި ފެއާތަކުގައި ޓިކެޓް ލިބިވަޑައިގަންނަވާނީ މި ކުންފުނީގެ ވެބްސައިޓް (www.maldivian.aero) އަދި މޯބައިލްް އެޕްލިކޭޝަން މެދުވެރިކޮށެވެ. ކުރިއާލައި ޓިކެޓް ބައްލަވައިގަންނަވާ ފަރާތްތަކަށް މި ފެއާތަކުގައި ޓިކެޓް ލިބިވަޑައިގަތުމުގެ ފުރުސަތު ބޮޑުވާނެ ވާހަކަ ފާހަގަކޮށްލަމެވެ. ހަމަ އެހެންމެ ޚާއްސަ ފެއާތަކެއް ދަރަވަންދޫ އާއި މަޑިވަރަށް މިހާރުވެސް ލިބިވަޑައިގަންނަވާނެއެވެ." މޯލްޑިވިއަންގެ ބަޔާނެއްގައިވެއެވެ. "މޯލްޑިވިއަންގެ އަމާޒަކީ ކުންފުނިން ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަންޒިލްތަކަކަށް ރައްކާތެރިކަމާއި އިތުބާރާއެކު އޯގާތެރި ޚިދުމަތެއް ފޯރުކޮށްދިނުމެވެ."

ހާއްސަ އަގުތަކެއް މޯލްޑިވިއަނުން މި ތައާރަފުކުރަނީ އެތެރޭގެ އުދުހުންތަކުގެ އަގު އަތްނުފޯރާފަށަށް ގޮސްފައި ވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *