ޟަލާލަތުގެ އަނދިރީގެ މޫ އަބަދު ލާނަމަ
ސަލާމަތް ނުވޭ ޖާހިލިއްޔަތު ވިދާ ނަމަ
ސަލާމަތްކަމުގެ ރޯޅިވައިތައް ނުލިބި ފިނި
ހަލާކުގެ ވެ ދެޔޭ ގޯޅިގޯޅިން އެޅޭ ނަމަ
ފަލާހުގެ މަލުން ވާނެ ޒީނަތްވެގެން ފަރި
ކަލާންފުޅު އެ ރަބީގެ މަތިވެރި ކިޔާ ނަމަ
ފިލާނޭ ކިލާ ހިތްތަކާ އެކުވި ކިސަޑާ
ފިލާވަޅުތަކުން ދަރުސުތައް ބަލަ ބަލާ ނަމަ
ދިލާސާކަމެއް ހަމަ ނެތޭ ހަމަ ނެތޭ
ހިލާ ޖާހިލިއްޔަތު ފިލައިގެން ނުދާ ނަމަ
ކިލާކަން ހިތުން ފުހެ ނިވާށޭ ހިތުން ގިނި
އިލާހުގެ ރުހުން ނެތެމެ މި މަގުން ނުދާ ނަމަ