Support Us

އިހަންވަދިއްފޮޅުގައި ބަންކަރިން ފެށުމަށް ހަކަތަ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު ކުންފުންޏަށް

މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން އިހަންވަދިއްފޮޅުގައި ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ފެށުމުގެ ގޮތުން އެސްޓީއޯ އާއި ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު ކުންފުނި ކަމަށްވާ ސްވިސްގެ ވިޓޯލް ގުރޫޕާ ދެމެދު ޓާމް ޝީޓްގައި މިއަދު ސޮއިކޮށްފިއެވެ.

ވިޓޯލްގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުރެއެވެ. އެ ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކަރ ފިއުލްގެ ގޮތުގައި ވިއްކައެވެ. ވިޓޯލް އަކީ މެދު އިރުމަތީގައި އެންމެ ބޮޑު ފިޒިކަލް ބަންކަރ ސަޕްލަޔަރެވެ. އަދި ސިންގަޕޯރގެ އެންމެ ބޮޑު އެއް ބަޔޯ މެރީން ފިއުލް ސަޕްލަޔަރވެސް މެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ އެމް.ޑީ ޝިމާދު އިބްރާހިމާއި ވިޓޯލް ގުރޫޕުގެ ޑިރެކްޓަރ ޖޭ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދެވެ.

"މި މަޝްރޫއަކީ ޓުއަރިޒަމެކޭ އެއްފަދައިން ދުނިޔޭގެ ވިޔަފާރީގައި ރާއްޖެ ވިދުވާލާނެ މަގްބޫލު ބަންކަރިން ހަބަކަށްވެގެންދާނެ މަޝްރޫއެކެވެ." އެސް.ޓީ.އޯ އިން ބުންޏެވެ.

"ވިޓޯލް އާއި އެސް.ޓީ.އޯ އިން ސޮއިކުރި ޓާމް ޝީޓަކީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ބައިނަލްއަގުވާމީ ބަންކަރިންގ ވިޔަފާރި ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ކަނޑައަޅައި އެ ކަންކަން ދެފަރާތުން އެއްބަސްވާ މުއްދަތެއްގައި ފުރިހަމަކޮށް ނިންމުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން ސޮއިކުރި ޓާމް ޝީޓެކެވެ. އެސްޓީއޯއާއި ވިޓޯލަކީ ވިޔަފާރީގެ ގޮތުން ވަރަށް ތާރީހީ ގުޅުންތަކެއް އޮންނަ ދެ ކުންފުންޏެވެ." އެސް.ޓީ.އޯ އިން ބުންޏެވެ.

މި އެއްބަސްވުމުގެ ތެރެއިން ވިޓޯލްގެ މައިގަނޑު ޒިންމާ އަކީ ބަންކަރިންގެ ހިދުމަތް ދިނުމަށް ބޭނުންވާ ތެޔޮ އިހަވަންދިއްފޮޅުގައި އޮންނަ ބާޖަށް ސަޕްލައިކުރުމާއި، އަދި ވިޓޯލްގެ ބޮޑު ނެޓްވޯކްގެ ތެރެއިން ބައިނަލްއަގުވާމީ ބަންކަރިންގެ ހަބެއްގެ ގޮތުގައި ދިވެހި ރާއްޖެ އިސްތިހާރު ކުރުމެވެ.

"ވިޓޯލްގެ ބްރޭންޑާއި ތަޖުރިބާ އާއި، ތެލުގެ ވިޔަފާރީގެ ގުޅުންތައް ބޭނުންކޮށްގެން ދިވެހި ރާއްޖެ މާކެޓް ކުރުމުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް ލަފާކުރެވޭ،" އެސް.ޓީ.އޯ އިން ބުންޏެވެ.

މީގެ ތެރެއިން ބޯޓުތަކަށް ބޭނުންވާ ހެވީ ފިއުލް އޮއިލް އާއި މެރިން ގޭސް އޮއިލް ވެސް މި ބަންކަރުން ލިބެން ހުންނާނެއެވެ. އަދި ޑިމާންޑް އޮތް ކަމުގައި ވާނަމަ، ކުރިއަށް އޮތް ތާނގައި އެލް.އެން.ޖީ. އަދި ބަޔޯ ފިއުލް ވެސް ވިއްކުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވެސް އެސް.ޓީ.އޯ އިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *