Support Us

މަނިކުސޭޓުގެ "މަންޝާ އޮންލައިން" ރޯދަ ނުނިމެނީސް އީދަށް ފަރިވެއްޖެ

މަންޝާ މަނިކުގެ ނަމުގައި މީގެ 34 އަހަރު ކުރިންސުރެ މަޝްހޫރުވެފައިވާ ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކުސޭޓު)ގެ "މަންޝާ އޮންލައިން" ފިހާރައިން، ރޯދަމަހަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ދަނިކޮށް އީދު ޕްރޮމޯޝަން ވެސް ފަށައިފިއެވެ.

މަނިކު ސޭޓު މިއަދު ބުނީ ބަދިގެއާއި ގޭތެރެއަށް ރޯދަ މަހު ބޭނުންވާ ހިފައިގެންގުޅޭ ހުރިހައި ބާވަތެއްގެ ސާމާނެއްގެ ޕްރޮމޯޝަން ހިނގަމުން ދަނިކޮށް އީދު ޕްރޮމޯޝަން ފެށީ އާ ސްޓޮކެއް ލިބިގެން ކަމަށެވެ.

"އީދަށް ރަށްރަށަށް ދަތުރުކުރާއިރު ބޭނުންވާނެ ހުރިހައި ސާމާނެއްގެ އާ ސްޓޮކެއް މިހާރު މި ވަނީ ލިބިފައި. އެހެންވެ ރޯދަ ޕްރޮމޯޝަން ހިނގަމުން ދަނިކޮށް އީދު ޕްރޮމޯޝަން ވެސް ފެށީ،" މަނިކު ސޭޓު ބުންޏެވެ. ސޭޓު ބުނީ އޮންލައިންކޮށް އޯޑަރު ދިނުމުން ހަމަ އެންމެ ފޯން ކޯލަކުން އެ ގެއަކަށް ނުވަތަ ރަށަކަށް ވެސް ތަކެތި ފޮނުވައިދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ހުރިހައި ބާވަތެއްގެ މުދާ ހެޔޮ އަގުގައި ފޯރުކޮށްދިނުން. މުދާ ޑެލިވެރީ މާލެ، ހުޅުމާލެ އަދި ބޯޓުފަހަރަށާއި އަދި ބޭނުންވެއްޖެ ނަމަ އެއަރފްރައިޓްކޮށް ވެސް ރާއްޖޭގެ ހުރިހައި ރަށަކަށް ފޮނުވައިދޭނެ. އޯޑަރު ދޭތާ އެއް ގަޑިއިރު ތެރޭގައި ސާމާނު ޑެލިވަރކޮށްދޭނެ. އަމާޒަކީ މާލޭ އޭރިޔާ އާއި ބޯޓުފަހަރަށް ގިނަވަގެން 20 ނުވަތަ 40 މިނިޓް ތެރޭގައި ޑެލިވަރކޮށްދިނުން."

"މަންޝާ އޮންލައިން" ފިހާރަ ހުންނަނީ ފަރީދީމަގުގައި، "އެމް.އެސް. އާރް.އާރް. ޝޮޕްސް"ގައެވެ.

ރޯދައާއި އީދަށް ބޭނުންވާ ސާމާނުގެ އިތުރުން ރިސޯޓުތަކުގެ ޝޮޕްތަކަށާއި ރަށްރަށުގެ ފިހާރަތަކަށް ބޭނުންވާ އެކި ކަހަލަ ސްވެނިއަރ ވެސް "މަންޝާ އޮންލައިން" އިން ފުޅާ ދާއިރާއެއްގައި ހޯލްސޭލްކުރެއެވެ.

"މާލެއިން ފުރައިގެން ދާން ބޭނުންވާ މީހުންނަށް ބޭނުންވާނެ ހުރިހާ އެއްޗެއް "މަންޝާ އޮންލައިން" އިން ފޯރުކޮށްދެން. އޭގެ އިތުރުން މާލެ އަންނަ ޓޫރިސްޓަކު އެނބުރި ގައުމަށް ދިއުމުގެ ކުރިން އެ މީހާއަށް ބޭނުންވާ ހުރިހައި އެއްޗެއް ވެސް މިތަނުން ލިބެން ހުންނާނެ. ނޫނިއްޔާ ރާއްޖެއިން ބޭރަށް ދިވެއްސަކު ދާން ބޭނުންވިޔަސް، ސުވެނިއަރއަކަށް ގެންދާނެ ދިވެހިވަންތަ އުފެއްދުންތައް ވެސް ހެޔޮ އަގެއްގައި، އަތްފޯރާފަށުގައި މިތަނުން ލިބޭނެ. އެހެންވީމާ އީދަށް ރަށުން ބޭރަށް ދާން އުޅޭ ކޮންމެ މީހަކު ވެސް މި ތަނަށް ވަދެލުމަކީ ވަރަށް މުހިންމު ކަމެއް،" މަނިކުސޭޓު ބުންޏެވެ. "މިތަނުން ވިއްކާ މުދަލުގެ ކޮލިޓީ ރަނގަޅުވެފައި އަގުތަކާ އެއްޗެތި ހެޔޮވީމާ އާންމުން މިތަން ވަރަށް ބޮޑަށް ބަލައިގެންފި. ރާއްޖޭގެ މާކެޓުން އާންމުކޮށް ލިބެން ހުންނަ ހުރިހައި އެއްޗެއް މި ތަނުން ލިބޭނެ. އަގުތައްވެސް ހަމަ އެހާ ހެޔޮވާނެ."

"ދިވެހިވަންތަ ސްވެނިއަރ ހުންނާނެ. މަގާއި މުންޑާއި ޓީޝާޓް ހުންނާނެ. ކުޑަކުދީންނަށް ބޭނުންވާނެ ހުރިހައި ސާމާނެއް ހުންނާނެ. ރީތިވާ ސާމާނު ހުންނާނެ. ސެންޓު، ލޯޝަން، ބޮޑީ ސްޕްރޭ، ޝޭމްޕޫ ހުންނާނެ. ޖާޒީ އާއި ޓީޝާޓާއި ސޯޓާއި ޒުވާނުން ކުޅިވަރު ކުޅޭ ހުރިހައި ސާމާނެއް ހުންނާނެ. މެޓާ، ޗޮކްލެޓް ހުންނާނެ. އަވިއައިނާއި ގަޑި ހުންނާނެ. އެކި ކަހަލަ ނަޓްސް ހުންނާނެ. ހެލްމެޓާއި އިސްތިރި އާއި ބެޑްޝީޓާއި ކުއިލްޓާއި ގެއާއި ބަދިގެތެރޭގެ އެކި ކަންކަމަށް ބޭނުން ހުރިހައި އެއްޗެއް ހުންނާނެ. ގޮދަޑި ހުންނާނެ. އެކި ސައިޒުގެ ފޮއްޓާއި ދަބަހާއި ތޮތްޕާއި ބެކްޕެކް ހުންނާނެ. މުސައްލަ ހުންނާނެ. އެކި ކަހަލަ ހާޑްވެއާރ ވެސް ހުންނާނެ. ރައްޓެހިންނަށް ދޭނެ އެކި ކަހަލަ ހަދިޔާ ވެސް ހުންނާނެ،" މަނިކުސޭޓު ބުންޏެވެ.

މަނިކުސޭޓު ބުނީ "މަންޝާ އޮންލައިން"ގެ ހިދުމަތް ހޯދުމަށް، 7772341 ނުވަތަ 7991551 އަށް ގުޅައިލުމުން ނުވަތަ ވައިބަރ/ ވަޓްސްއަޕް މެސެޖެއް ކޮށްލިޔަސް ހުރިހައި ކަމެއް ހަމަޖެހޭނެ ކަމަށެވެ.

"މަންޝާ އޮންލައިން" ފިހާރައިގެ އެންމެ ފަހުގެ ބައެއް މުދާތަކުގެ ފޮޓޯ ތިރީގައި މިވަނީއެވެ.