Support Us

ރަމަޟާން މަހަށް ޚާއްސަކޮށް ފޭސް ދޭއްގައި ފަރުމަސް މާރުކޭޓެއް ހުޅުވައިފި

ރަމަޟާން މަހަށް ޚާއްސަކޮށް ހުޅުމާލޭ ފޭސް ދޭއްގެ ޑިންގީ ހާބަރު ސަރަހައްދުގައި ފަރުމަސް މާރުކޭޓެއް މިއަދު ހުޅުވައިފިއެވެ.

"ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި މި ކޯޕަރޭޝަނުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި މަސް މާރުކޭޓަކީ ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅޭ ފަރާތްތަކަށް ރޯދަމަހަށް ހާއްސަކޮށްގެން މި ކޯޕަރޭޝަނުން ހުޅުވާ މަސްމާރުކޭޓެކެވެ. މި މަސްމާރުކޭޓަކީ ފަރުމަސް ބާނާ ފަރާތްތަކަށް ހާއްސަކުރެވިގެން ހުޅުވިފައިވާ މަސްމާރުކޭޓެކެވެ." އެޗް.ޑީ.ސީން ބުންޏެވެ.

ފަރުމަސް މާރުކޭޓުގެ އިތުރުން، އެޗް.ޑީ.ސީން ވަނީ ހިޔާ ސަރަހައްދުގައި ލޯކަލް މާރުކޭޓެއްވެސް ހުޅުވައިފައެވެ. މި ލޯކަލް މާރުކޭޓުގެ ގޮޅިތައް މިހާރު ވަނީ ހަވާލުކޮށްފައެވެ.

"ރޯދަ މަސް ފެށުމާ އެކު މި ލޯކަލް މާރުކޭޓު ހުޅުވި، ރޯދަ މަހުން ފެށިގެން ދެމަސް ދުވަހަށް ކުރިއަށްދާނެއެވެ. އަދި މި މާރުކޭޓު ހުންނާނީ ހިޔާ ފްލެޓް 1 އަދި 2 އަދި ވިނަރެސް 9 ،10 ހުންނަ ސަރަހައްދުގައެވެ. މި މާރުކޭޓުގެ ބޭނުމަކީ މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މޭވާ އަދި ތަރުކާރީ އަދި އެހެނިހެން ބާވަތްތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމެވެ." އެޗް.ޑީ.ސީން ބުންޏެވެ.

"މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލޭގައި ގިނަ ހިދުމަތް ގާއިމްކޮށް ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމެވެ. އެގޮތުން މި ރޯދަ މަހުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ވީހާވެސް ފަސޭހަވާނެހެން ކަންތައް ކުރުމުގެ މަސައްކަތް މި ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *