Support Us

ކޮލަމް: މީތިނުކިޔާތި

ޗީޗީ… ކިއްޕަތިން ދާއިމީކޮށް ވަސް ކަނޑުވާލާނީ ކިހިނެއް؟

ބަބުރު ވަހަކީ ހާދަ ނުބައި ވަހެއް ދޯއެވެ؟ ކިތަންމެ ރީތި ހެދުމެއް ލައި، މޭކަޕްކޮށްފައި ހުއްޓަސް، ބަބުރު ވަސް ދުވައިފި ނަމަ، އޯކާ ދެމެވި، އޭނާ މަތިން އަބަދަށް ފޫހިވާގޮތް ވެއެވެ. ވަކި ޖިންސެއް ނޫނެވެ.

ދާ ނުހިއްލާނެ އަދި ޑިއޮޑޯރަންޓަކަށް ފުދޭ ބޮޑީ ސްޕްރޭތަކަކީ ކިހިލިފަތްދޮށުން ވަސް ކަނޑުވާލަދޭ ވަގުތީ ކެމިކަލްތަކެވެ. ނަމަވެސް ދާއިމީ ގޮތެއްގައި ކިހިލިފަތްދޮށުން ވަސް ކަނޑުވާލަދޭ ބަދިގޭގެ ސާމާނު ވެސް އެބަހުއްޓެވެ. އެ ގޮތުން ހަތަރު އެއްޗެއް ފާހަގަކޮށްލާނަމެވެ.

ބޭކިން ސޮޑާ

ފުރަތަމަ އެއްޗަކަށް ފާހަގަކޮށްލާނީ ބޭކިން ސޮޑާއެވެ. މީގެ ދެ ސަމްސާ، ލުނބޯހުތުފަނީގެ އެއް ސަމްސާއާ އެއްކޮށްލާފައި ކިހިލިފަތްދޮށުގައި އުނގުޅާށެވެ.

އެޕަލް ސައިޑާ ވިނިގާ

ދެވަނަ އެއްޗަކީ އެޕަލް ސައިޑާ ވިނިގާއެވެ. މިއީ ހުތް ކޮށްފައިވާ އާފަލުގައި ހަދާފައިވާ ރާހުތެވެ. ހަދާނެ ގޮތަކީ މީގެ އެއް ޖޯޑު އެއް ފެން ޖޯޑާ އެއްކުރާނީއެވެ. ދެން، ކިހިލިފަތްދޮށުގައި އުނގުޅުމަށް ފަހު 15 ވަރަކަށް މިނެޓު ބަހައްޓާލާފައި ކިހިލިފަތްދޮށް ދޮވެލާނީއެވެ.

އަލުވި ޖޫސް

ތިން ވަނަ އެއްޗަކީ އަލުވި ޖޫހެވެ. އެއް އަލުވި ފަޅާލައި، ކުދިކޮށްލުމަށް ފަހު، އޭގެ ދިޔަ ނެރެމަށްޓަކައި ފިސްކޮށްލާށެވެ. ދެން މި ފިސްކޮށްލި އެތިއެތިކޮޅު ކިހިލިފަތްދޮށުގައި އުނގުޅާށެވެ.

ޓޮމާޓޯ ޖޫސް

ހަތަރު ވަނަ އެއްޗަކީ ޓޮމާޓޯ ޖޫހެވެ. ޓޮމާޓޯ ޖޫސް ލުނބޯހުތުފަންޏާ އެއްކޮށްލާށެވެ. ދެން ކިހިލިފަތްދޮށުގައި އުނގުޅާލުމަށް ފަހު 10 ވަރަކަށް މިނެޓް ބަހައްޓާލާށެވެ. އެއަށް ފަހު ފިނިފެނުން ކިހިލިފަތްދޮށް ދޮވެލާށެވެ.

މި ހަތަރު އެއްޗަކީ ވެސް އާއްމު ގޮތެއްގައި ބަދިގެތެރެއިން ލިބެން ހުންނަ އެއްޗެއްސެވެ. އަދި މި މޭރުމުން މި ތަކެތި ބޭނުންކޮށްލުމުން، ވަގުތީ ހައްލަކަށް ވުރެ، ދާއިމީ ހައްލެއް ލިބޭނެއެވެ. ނޫން ނަމަ މުޅި އުމުރަށް ވެސް ތިބެން ޖެހޭނީ ޑިއޮޑޯރަންޓް ޖަހާލަޖަހާލައެވެ.