ބާޒާރުގައި ލުނބޯ އަގު ބޮޑުވެފައިވާތީ، ރޯދަމަހު ބަޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލްކުރުމުގެ ގޮތުން އެސްޓީއޯއިން ލުނބޯ އެތެރެކޮށް އަގުހެޔޮކޮށް ވިއްކަން ފަށައިފި އެވެ.
ލޯކަލް ފިހާރަތަކުން ލުނބޯ ކިލޯއެއްގެ އަގު 70ރ. އާއި 100ރ. އާ ދެމެދުގައި އުޅޭއިރު ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު ހުރީ 65ރ. އާއި 100ރ. އާ ދެމެދުގަ އެވެ.
އެސްޓީއޯޯއިން އެތެރެކުރި ލުނބޯ ކިލޯއެއް ރީޓެއިލްކޮށް ވިއްކަނީ 50ރ. އަށެވެ. އަދި ހޯލްސޭލްކޮށް 25 ކިލޯގެ ބަސްތާއެއް 117ރ. އަށް ކަމަށް އެސްޓީއޯއިން ބުނެ އެވެ.
އެސްޓީއޯއިން ބުނީ ލުނބޯ ވިއްކުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ ޕީޕަލް ޗޮއިސް (ރީޓެއިލް) އާއި އެސްޓީއޯ ހޯލްސޭލް ސެންޓަރުން އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖުން ކަމަށެވެ.